ސައްހަ ވިސާއެއް ނެތި، ނުގަވާއިދުން އުޅެމުންދިޔަ 13 ބިދޭސީއަކު އަތުލައިގަނެ، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި 13 މީހުން އަތުލައިގަތީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މި މަހުގެ 06 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަންގައި ކަމަށެވެ.
ބިދޭސީން ދިރިއުޅެމުންދިއަ 02 ތަނެއް ބަލައި ފާސްކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންނަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބައެކެވެ.
އިމިގްރޭޝަންގެ އޮޕަރޭޝަންތަކަށް ބަލާއިރު، މި މަހުގެ 04 ވަނަ ދުވަހު ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަނެއްގައި މާލޭގައި ހުންނަ ރެސްޓޯރަންޓެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި، ގަވާއިދާ ޚިލާފަށް އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ 05 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
މީގެއިތުރުން އޮކްޓޫބަރު 30، 31 އާއި، މި މަހުގެ 01 ވަނަ ދުވަހު ވަނީ ހުޅުމާލޭގައި ސައްހަ ވިސާއެއް ނެތި ހަރަކާތްތެރިވަމުންދިޔަ 12 ބިދޭސީއަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މި އަހަރުތެރޭގައި، 5,000 މީހުން އަނބުރާ ފޮނުވާލުމަކީ އިމިގްރޭޝަންގެ އަމާޒެކެވެ. އެގޮތުން މިހާތަނަށް 4,300 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވައިލާފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް
އިމިގްރޭޝަނުން ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، 180 އަށްވުރެ ގިނަ ރެއިޑް އޯޑަރު ނެރެ، 1,200 އަށްވުރެ ގިނަ ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެތެރޭގައި ފުލުހުންނާ ގުޅިގެން އިންޓެލިޖެންސް ބޭސް ޓާގެޓެޑް 70 ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މައިގަނޑު ގޮތެއްގައި މި ރެއިޑްތައް ޚާއްސަކުރީ ހަށި ވިއްކާ ތަންތަނަށެވެ.
ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް އިމިގްރޭޝަނާއި، ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، މިފަދަ މައްސަލަތަކުގައި އަތުލައިގަންނަ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
މއ. ދަބުރުއްމަގު ގައި ހުރި ހަދާ ނުނިމޭ އިމާރާތެއްގެ ތެރޭގައިވެސް ބިދޭސިންތަކެއް ފިލާ ތިބިހެން އެބާ ހީވޭ.