ޚަބަރު
ގެއްލުނު ކަނޑުގެ ބައި ހޯދުމުގައި ފަހެއް ނުޖެހޭނަން، ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރާނަން: ރައީސް

މިރޭ ކުރިއަށްދިޔަ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ގެއްލުނު ކަނޑުގެ ބައި ހޯދުމުގައި ފަހަތަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަމުގައި ކުރިއަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ޗާގޯސްގެ މައްސަލައިގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. މި މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، ކުރިއަށް ގެންދިއުމަށް ހާއްސަ މުވައްޒަފުން ލައްވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދިނުމަށް ނިންމުމާ ގުޅިގެން، ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި ސިޓީގައި، ޗާގޯސްގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިން ކަމަށް ތާރީހީ ހެކިތަކާއެކު ބަޔާންކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

“ދިވެހިސަރުކާރުން މިހާރު ވާނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައި. އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކާއެކު ފެންނާންހުރި ލިޔެކިޔުންތަކާ އެކުގައި އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް މާ އައުލާކަންބޮޑު ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައިވެސް ބެލިދާނެ ތަނެއްކަމަށް ތާރީހީގޮތުން ފެންނަން ހުރުމާއެކު އެކަން ފާހަގަކޮށް އަޅުގަނޑުމެން ވާނީ ސިޓީއެއް ފޮނުވާފައި,” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މި މައްސަލައިގައި މަސައްކަތް ކުރައްވާނީ މީގެ ކުރިން މަސައްކަތް ކުރެއްވި ވަރަށްވުރެ ބާރަށް ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!