”މައިދާނީ އާއިލީ ހަވީރު” ގެ ނަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
އެ ވުޒާރާއިން ބުނީ މި އާއިލީ ހަވީރު ކުރިއަށްދާނީ ނޮވެންބަރު 16 ވާ ހޮނިހިރު ދުވަހުގެ 14:00 އިން ފެށިގެން 18:00 އަށް ގައުމީ ދާރުލްއާސާރުގައި ކަމަށެވެ.
މި އާއިލީ ހަވީރުގައި ބައިވެރިވުމަށް ހިލޭ ވަދެވޭނެ ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
އަންނަ ހޮނިހިރު ދުވަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން ވެސް ވަނީ އާއިލީ ހަވީރެއް ބާއްވަން ނިންމާފައެވެ.
މި ހަވީރު ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. އެގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ޢާއިލީ ހަވީރުގައި ކުރިއަށް ދާނެއެވެ.