ހިޔާ ފްލެޓް އެސީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްގެ 12 ވަނަ ޓަވަރުގެ 15 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގްއެވެ. އެގިފައިވާ ގޮތުގައި ރޯވެ އަދަމުންދަނީ ހަރުކޮށްފައިވާ އޭސީއެއްގައެވެ.
އެމް.އެން.ޑީ.އެފްގެ އަލިފާން ނިއްވާލުމަށް އެސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުނެވެ.

