ޚަބަރު
ވ. އަތޮޅުގައި ނާޒުކު ހާލަތުގައި އުޅޭ ފަރާތްތަކަށް ދާއީމީ ބޯހިޔާވަހިކަން ހޯދައިދެނީ

އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެހީ ޖަމުއިއްޔާ އާއި، ވ އަތޮޅު ކައުންސިލާއި ގުޅިގެން އެ އަތޮޅުގައި ނާޒުކު ހާލަތްތަކުގައި އަދި ދަތި ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ އެހީ ޖަމުއިއްޔާއާއި އެ މިނިސްޓްރީއާއި އެކު ހަދާފައިވާ ފަހުމުނާމާގެ ދަށުން، ވ އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ދަތިހާލުގައި އުޅޭކަމަށް އެ ކައުންސިލުން ދެނެގަނެފައިވާ އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ހޯދައިދިނުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފެށިފަ ކަމަށެވެ.
އެގޮތުން ވ.އަތޮޅު ކައުންސިލްގެ ބައިވެރިވުމާއެކު ކުރިއަށްދާ އެ ޕްރޮގްރާމުގެ ދަށުން އެ އާއިލާގެ އިތުރުން ވ.އަތޮޅުގައި ދަތިހާލުގައި ދިރިއުޅޭ އިތުރު އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަނެ، ދެވެންހުރި އެހީތެރިކަން ދިނުމުގެ މަސައްކަތް ކުރުމަށް މަޝްވަރާތައް ވެސް މިހާރު ވަނީ ކުރެވިފައި ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާއި، އިޖްތިމާއީ ޚިދުމަތްތެރިންނާއި، ދަރުމަވެރިންނާއި، އާންމު ފަރުދުންގެ ސިއްހާއަކު ކުރެވޭނެ މަސައްކަތެއްކަން ފާހަގަކުރެއެވެ.

އެ ވުޒާރާއާއި އެހީ ޖަމުއިއްޔާ އަދި ވ އަތޮޅު ކައުންސިލުން ފެށި އެ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!