ޚަބަރު
ޕީއެންސީގެ ދާއިރާތަކުގެ އެތެރޭގެ އިންތިޚާބު, ފެށިގެން ކުރިއަށް

ރާއްޖޭގެ ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމި، މިއަދު އިންތިޚާބުގެ ވޯޓްލުން ކުރިޔަށް ގެންދަން ފަށައިފިއެވެ.

ޕީއެންސީން ބުނީ މާލެ އާއި އަތޮޅުތެރޭގެ، 88 ރަށެއްގައި ވޯޓުލުން ކުރިޔަށް ގެންދާ މި އިންތިޚާބުގައި، މާލޭގައި ބަހައްޓާ 56 ވޯޓް ފޮށްޓާއެކު ޖުމުލަ 144 ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

“​​​1984 މަޤާމަށް މީހުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި 648 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އަނެއް 1300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، އެ 1300 މަޤާމަށް ވަނީ، އިންތިޚާބަކާ ނުލައި މީހުން ހޮވިފައެވެ. މާލެ އާއި އަތޮޅުތެރޭގައި އިންތިޚާބު އޮންނަ 88 ރަށުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ، 33500 މެމްބަރުން އެބަތިއްބި” ޕީއެންސީ

މި އިންތިޚާބުގެ ވޯޓްލުން ފަށާފައިވަނީ މިއަދު ހެނދުނު 10.00 ގައެވެ. ވޯޓުލުން ނިމި ވޯޓް ފޮށިތައް ބަންދުކުރާނީ، 14.00 ގައި ކަމަށް ޕީއެންސީން ބުނެއެވެ. ދަރުބާރުގޭގައި ޖުމުލަ 56 ވޯޓް ފޮށި ބައްހައްޓާގޮތަށް ހަމަޖެހިފައިއެވެ. އެހެންކަމުން، މާލޭގެ ދާއިރާ ތަކުގެ މަޤާމުތަކަށް އިންތިޚާބު ކުރާ ބޭފުޅުންނަށް ވޯޓްލުމަށް ދަރުބާރުގެއަށް ވަޑައިގަންނަވާ ބޭފުޅުން، ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެއަށް ވަދެވަޑައިގަތުމަށާއި އަތޮޅު ތެރޭގެ ރަށްރަށުން އިންތިޚާބަށް ކުރިމަތި ލެއްވި ބޭފުޅުންނަށް ވޯޓް ދެއްވުމަށް ދަރުބާރުގެއަށް ވަޑައިގަންނަވާ ބޭފުޅުން، އަމީނީ މަގުން ދަރުބާރުގެއަށް ވަދެ ވަޑައިގަތުމަށް، ޕާޓީ އޮފީހުން ވަނީ އެދިލައްވައެވެ.

އެ އިންތިޚާބުގައި ވޯޓްލެވޭނީ އަތޮޅުތެރޭގެ ރަށްރަށާއި މާލޭގައި ބަހައްޓާފައިވާ ވޯޓް ފޮށިތަކަށް އެކަނި ކަމަަށް ވެސް ޕީއެންސީން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!