ޚަބަރު
ދިވެހިންނަށް ޝުކުރިއްޔާ! ވިޔަފާރި ދަށްވެ، ދާނެ ބަޔަކު ނުވުމުން ހުޅުމާލެ ކޭއެފްސީ އާއި ޕިއްޒާ ހަޓު ބަންދުކޮށްފި!

ހުޅުމާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދު ކޮށްފި އެވެ. މި ދެ ތަން ބަންދު ކުރީ ހުޅުމާލެ ރަށު މާރުކޭޓު މަތީގައި ހުންނަ އެ ތަނުގެ ވިޔަފާރި ދަށްވެ، އެ ތަނަށް ދާ މީހުން ވަރަށް ބޮޑަށް މަދުވެގެން ކަމަށް ވެއެވެ. ނަމަވެސް މިކަމާ ގުޅިގެން ކޭއެފްސީ އާއި ޕިއްޒާ ހަޓުގެ އެއްވެސް ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

ހުޅުމާލޭގައި މި ދެ ތަން ހުޅުވީ މިދިޔަ އަހަރުގެ ތެރޭގައެވެ. ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރެންޓް، ކޭއެފްސީ އާއި ޕިއްޒާ ހަޓް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވީ 2018 ވަނަ އަހަރުގައެވެ. މި ދެ ތަން ވެސް ހިންގަނީ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ގެމަ އައިލެންޑް ފުޑް އިންނެވެ.

މިހާރު ވެސް މާލޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓެއް ހުރެއެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޭއެފްސީގެ އައުޓްލެޓެއް ހުރެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން އިސްރާއީލްއާ ގުޅުން ހުރި ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ވެސް ވަނީ ވަރުގަދަ ކެމްޕެއިނެއް ފަށައިފައެވެ. މި ތަންތަނުގެ ކައިރީގައި މުޒާހަރާތައް ވެސް ކުރާއިރު، ގިނަ ތަންތަން ވަނީ ބަންދު ކުރަން ޖެހިފައެވެ. ނަމަވެސް، ހުޅުމާލޭގައި ހުރި މި ދެ ތަން ބަންދުކުރި ސަބަބަކީ މިއީ ކަމެއް އެފަރާތުން ޔަގީންކަން ދީފައި ނުވި ނަމަވެސް އެނގިފައިވާ ގޮތުގައި މިދެތަނަށް ވެސް ދާ ކަސްޓަމަރުން މަދުވަމުން ގޮސް ތަނުގެ ވިޔަފާރިއަށް ބޮޑެތި ގެއްލުންވެ، ތަން ބޭކާރު ގޮތުގައި ހުޅުވާފައި ހުރުމުން ގެއްލުންވާނެ ކަމަށް ބަލައި އެގޮތުގެ މަތިން ޕިއްޒާހަޓާއި ކޭއެފްސީ މިވަނީ ބަންދުކޮށްފައެވެ.

މި ދެ ތަން ބަންދުކުރުމާ ގުޅިގެން އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ، އެކަމާ އުފާ ފާޅުކޮށް ސޯޝަލްމީޑިޔާގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ ދިވެހިންނަށް ސާބަސް ދީ ޝުކުރުއަދާ ކުރަމުންނެވެ.

އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމުގެ ކެމްޕެއިންގެ ތެރެއިން ކޭއެފްސީ އާއި ޕިއްޒާ ހަޓް އާ ދެކޮޅަށް އަޑުއުފުލައި ވާހަކަފެތުރެމުން ދިއުމާއި، އަދި އެކަން އެންމެ ހޫނުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއްވެސް ވަނީ ތަޅާލައި، ތަނަށް ކަޅުތެޔޮވެސް ޖަހާފައެވެ. އެކަންތައް އެހިސާބަށް ދާން ފެށުމުންވެސް، އޭގެ ކުރިންވެސް ކޭއެފްސީން ވަނީ އެ ކުންފުނިން އިޒްރޭލަށް ތާއީދު ނުކުރާ ކަމަށާއި އެއީ ސިޔާސީ ކަމަކާ ގުޅުމެއް ނެތް ވިޔަފާރިއެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ކޮކާކޯލާއާއި ކޭއެފްސީގެ ތަކެއްޗަކީ ގުޅުން އޮތް ދެ ވިޔަފާރިކަމަށާއި އެއީ އިޒްރޭލަށް ފަންޑު ކުރާ ވިޔަފާރިތަށް ކަމަށާއި އިޒްރޭލުގެ ހިއްސާ އޮންނަ ކަމަށް މީހުން ކުރަމުންދިޔަ ތުހުމަތުތަކަށް ބަދަލެއް ނާދެއެވެ.

މި ބޮއިކޮޓް ކެމްޕޭނުގެ ތެރޭގައި، މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނީޝިއާ އާއި މެލޭޝިއާގެ  ކޭއެފްސީގެ ވިޔަފާރިތަކަށްވެސް ވަރަށް ބޮޑަށް ގެއްލުންވި ކަމަށާއި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކޭއެފްސީ އަށް އިންޑޮނީޝިއާގައި ވަނީ 35 މިލިއަން ޑޮލަރުގެ ގެއްލުން ވެފައި ކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި އެ ގައުމުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ކޭއެފްސީގެ 47 އައުޓްލެޓެއް ބަންދުކޮށްފައިވާ ކަމަށްވެސް ބައެއް ހަބަރުތަކުގައި ބުނެފައިވެއެވެ. ހަމަމިއާއެކު، މި އަހަރުތެރޭ، މެލޭޝިއާގައި ވެސް ކޭއެފްސީގެ ވިޔަފާރި ދަށްވެ ކޭއެފްސީގެ ފިހާރަތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!