ގއ.ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ގއ.ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ރޭ 21:37 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އެ ދެ މީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި، ދެ މީހުންނަށް ވެސް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

