ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަަރަފުވެރި އެވޯޑު ލިބުނީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުގެ ސަބަބުން: ފައިސަލް

ޕޯޗުގަލްގެ މަދީރާގައި ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑްސްގައި “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އަދި “ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން”، މި ދެ އެވޯޑު ދިވެހިރާއްޖެއަށް ލިބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައިވަނީ، މި އެވޯޑުތައް ރާއްޖެއަށް ލިބުނީ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ދައުރުގައި މި އެވޯޑުތައް ލިބުމަކީ ވެސް ފަހުރެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އްޖެއަށް ލިބުނު އެވޯޑާ އެކު މިނިސްޓަރު ފައިސަލް / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ 18 ގައުމަކާ ވާދަކޮށްގެންނެވެ. ރާއްޖޭގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. އެވޯޑާ ހަވާލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ އެތައް ބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑުތައް ދެމުން އަންނަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކެޓަގަރީތަކުންނެވެ.

މިއީ ރާއްޖެއަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ޖެހިޖެހިގެން ލިބުނު ފަސްވަނަ ފަހަރެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!