ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން އިތުރު 8 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގުރާމް މިއަދު ފަށައިފިއެވެ.
25ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށް އޮންލައިންކޮށް ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އަދި އދ. އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށެވެ. މި ޕްރޮގުރާމުގައި މި 8 އަތޮޅުން 343 އިމާމުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.
މި ޕްރޮގުރާމް ފެއްޓެވުމަށް މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީންތައް ދިނުމަކީ ވުޒާރާއިން ވަރަށް އިސްކަމެއް ދެއްވާކަމެއްކަމަށާއި މި ސަރުކާރުން ފުރަތަމަ އަހަރުގެ ތެރޭގައި އިމާމުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވިފައިވާކަމަށެވެ. މީގެ އިތުރުން މިފަދަ ތަމްރީން ޕްރޮގުރާމުން ލިބިލައްވާ މަޢުލޫމާތުތަކުގެ ބޭނުން ހިއްޕެވުމަށް ވަޒީރު ނަޞޭހަތްތެރިވެލެއްވިއެވ.
މިއަހަރުގެ މިހާތަނަށް 11 އަތޮޅެއްގެ އިމާމުންނަށް ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ފެށި ތަމްރީން ޕްރޮގުރާމް ހިމެނޭހެން 739 އިމާމުންނާއި ޚަޠީބުން ތަމްރީންކުރެވިފައިވާކަން ކަމަށް މިނިސްޓްރީން ބުނެއެވެ.