ޗެމްޕިޔަންސް ލީގުގައި ލިވަޕޫލް އަތުން ވަރުގަދަ ރިޔާލްމެޑްރިޑް ބަލިވެއްޖެއެވެ.
ލިވަޕޫލުގެ އަންފީލްޑް ސްޓޭޑިޔަމްގައި ކުޅުނު މެޗުން ރިޔާލްމެޑްރިޑް ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލިވަޕޫލުގެ ފުރަތަމަ ގޯލު މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ މެކް އަލެސްޓާއެވެ. އޭގެ 10 ވަރަކަށް މިނެޓު ފަހުން ރިޔާލްމެޑްރިޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ރިޔާލްމެޑްރިޑްގެ އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލުގެ ކީޕަރު ކެލަހާ ވަނީ މަތަ ކޮއްފައެވެ. އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލަށް ވެސް ޕެނަލްޓީއެއް ލިބިގެން ދިޔައިރު ލިވަޕޫލުގެ ސަލާހް ފޮނުވާލި ޕެނަލްޓީ އަމަޒުވީ ގޯލުގެ އަރިމަތީ ދަނޑިޔާއެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހާ ލިވަޕޫލުން މެޗުގެ ނަތީޖާ ފުޅާކުރިއެވެ. މިގޯލު އެޓީމަށް ޖަހާދިނީ ގަކްޕޯއެވެ.
މިމޮޅާއިއެކު ލިވަޕޫލް ލީގުގެ އެއްވަނަޔަ 15 ޕޮއިންޓާއި އެކީ ޖެހިލާފަވާއިރު މެޗުން ބަލިވި ރިޔާލްމެޑްރިޑް އޮތީ 6 ޕޮއިންޓާއިއެކު ލީގުގެ 24 ވަނައިގައެވެ.

