މައުލޫމާތު
ފަތިސްތަރި: ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ނަފްސާނީ ސިއްހަތު ރަނގަޅުކުރުމަށް މިއޮތީ ހައްލު

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ނަފްސާނީ ސިއްޙަތަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. އެފަދަ ކުދިން ދުޅަހެޔޮ ސިއްހަތެއްގައި ތިބޭނީ އެދިކުދިން ބަލާމީހުންގެ ސިއްހަތު ވެސް ރަނގަޅުވެގެނެވެ. އެހެންކަމުން އެފަދަ އާއިލާ ތަކަކީ ކޮންމެހެން ސިއްހަތު ރަނގަޅު އާއިލާ ތަކަށްވާންޖެހޭއެވެ.

ނަފްސާނީ ޞިއްޙަތު ދުޅަހެޔޮކަން މަތީ ބެހެއްޓުމަށް އެންމެ އަސާސީ ކަމަކީ އަމިއްލަ ނަފްސަށް އަޅާލުން ކަމަށާއި، މިގޮތުން ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށް އުފާވެރިކަން ގެނެސްދޭ ކަމެއް ކޮށްލުމެވެ. މިސާލަކަށް މީރު ކާ އެއްޗެއް ކެވިދާނެއެވެ. އަދި ރަޙުމަތްތެރިއަކާ ބައްދަލުކޮށްލައިގެން ވެސް މި އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދާނެއެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ހުސްކޮށްލުން ވަރަށް މުހިންމެވެ. މަދުވެގެން ކޮންމެ ދުވަހަކު 5 މިނެޓް ނުވަތަ 10 މިނެޓް އެކަނި ހޭދަކޮށްލުމަކީ ހާސްވެ، ކަންބޮޑުވުމުން ތިމާ ދުރުކޮށްދޭ ކަމެއްވެސް މެއެވެ. އަދި ފިކުރު ބޮޑުވާ ގަޑީ ފުންކޮށް ނޭވާލާ ކަސްރަތުކުރުމަކީ ސިކުނޑީގައި ހިނގާ ހަލުވި ފިކުރުތައް މަޑުމަޑުން ހަމަ ޖައްސާލުމަށް އެހީތެރިވެދޭ ކަމެކެވެ. މިގޮތަށް ނޭވާލާ ކަސްރަތުކުރާން މުހިންމެވެ. އަދި ފުންކޮށް ނޭވާއެއް ލައި، މަޑުމަޑުން އަނގައިން އެ ނޭވާ ބޭރުކުރަމުންނެވެ.

އެއާއެކު، ޢާއިލާއާއި ރައްޓެހިންނާ ބައްދަލުކޮށް ނުވަތަ ފޯނުން ވާހަކަ ދައްކާލުމަކީވެސް ހިތްހަމަޖެހުމުގެ އިޙުސާސް އިތުރުކޮށްދޭނެއެވެ. އަދި ތިމާގެ ޚިޔާލާއި ފިކުރު އެމީހުންނާ ހިއްސާކުރުމާއި، އެހީއެއް ބޭނުންވާ ހިނދު ފަސްނުޖެހުން ވަރަށް މުހިންމެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކުވެސް ކުދިންނާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ކަމެއް ރާވާލުމަކީ ކުރެވިދާނެ ކަމެކެވެ. އަދި ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށް، ހަރަކާތްތެރިވެ އުޅުމަށް ދުވަހުގެ ތާވަލުން ކޮންމެވެސް ވަގުތެއް ހުސްކޮށް، ކަސްރަތުކުރުން އާދައަކަށް ހެދުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ކަންތަކެވެ.

މި ހުރިހާ ކަމެއް ކުރުމަށްފަހު ވެސް ހިތް ނުތަނަވަސްވެ ފިކުރުބޮޑުވާ ނަމަ ލަސްނުކޮށް ޞިއްޙީ ފަންނުވެރިއެއްގެ އެހީތެރިކަން ހޯދުން ވަރަށް މުހިންމު ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!