ޚަބަރު
ޑިޕާޗާ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކޮށްފި

ދިވެހިރާއްޖޭގެ އެއަރޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ އާއި ޓެކުހުގެ ގާނޫނަށް ގެނެސްފައިވާ އިސްލާޙާއެކު މިއަދުން ފެށިގެން ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ބޮޑުކޮށްފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ ޖަލްސާގައި 31 އޮކްޓޫބަރު 2023 ގައި ފާސްކުރެވުނު އިސްލާޙާ ގުޅިގެން، އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިން ފިޔަވައި އެހެން ހުރިހާ ދަތުރުވެރިންގެ ޓިކެޓުގެ އަގު މިއަދުން ފެށިގެން ވަނީ ބޮޑުވެފައެވެ.

މި އިސްލާޙުގެ ދަށުން، ޑިޕާޗާ ޓެކުހުގެ ގޮތުގައި އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު އަދި ބިދޭސީންގެ އަތުން 50 އެމެރިކާ ޑޮލަރު ނެގޭނެއެވެ. ބިޒްނަސް ކްލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 120 އެމެރިކާ ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 240 އެމެރިކާ ޑޮލަރު، އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 480 އެމެރިކާ ޑޮލަރު ނެގޭނެއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް ހަމަ މި އަދަދުތައް ނެގޭނެއެވެ. އެހެންކަމުން، ޖުމްލަކޮށް ބަލާއިރު، އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީއެއްގެ އަތުން ޖުމްލަ 100 އެމެރިކާ ޑޮލަރު ނެގޭނެއެވެ.

މި ބަދަލާ ގުޅިގެން، 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2 ބިލިއަން ރުފިޔާ (131 މިލިއަން ޑޮލަރު) އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ (120 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!