ދުނިޔެ
ނައިޖީރިއާގައި ބޯޓެއް ބަންޑުންޖެހި 54 މީހުން މަރުވެއްޖެ

ނައިޖީރިއާގެ ނައިޖަރ ކޯރުގައި ބޯޓެއް ބަންޑުން ޖެހި 54 މީހުން މަރުވެއްޖެކަމަށް އޮތޯރިޓީތަކުން ބުނެފިއެވެ.

ކޯގީ ސްޓޭޓުން ކައިރީގައި އޮންނަ ނައިޖަރ ސްޓޭޓުގެ ކާބޯތަކެތީގެ މާރުކޭޓަކަށް ގާތްގަނޑަކަށް 200 މީހުން އުފުލަމުންދިޔަ މި އުޅަނދު ބަންޑުން ޖަހާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނައިޖަރ ސްޓޭޓް އިމަރޖެންސީ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާނު އިބްރާހިމް އައުދޫ ބުނިގޮތުގައި މި ބޯޓުގައި ދަތުރު ކުރަމުންދިޔަ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

އަދާއި ހަމައަށް ސަލާމަތީ ފަރާތްތަކަށް ވަނީ 54 މީހެއްގެ ހަށިގަނޑު ކޯރުން ނަގާފައެވެ. އަދި އެ ރަށުގެ ފީނާ މީހުން އަދިވެސް ގެއްލިފައިވާ ދަތުރުވެރިން ހޯދުމުގެ މަސައްކަތުގައި އުޅޭކަމަށް ކޯގީ ސްޓޭޓް އިމަރޖެންސީ ސަރވިސަސްގެ ތަރުޖަމާނު ސަންޑްރާ މޫސާ ބުނެފައިވެއެވެ.

“މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނޫން ކަމަށް މޫސާ ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި މިކަން ހިނގަން ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ކޯރުގައި އޮއިވަރު ގަދަވުމާއި އުޅަނދަކީ ގިނަ ދުވަސްތަކެއް ވެފައިވީ އުޅަނދަކަށް ވުން ހިމެނެއެވެ. އަދި އެ އުޅަނދުގައި ލައިފް ޖެކެޓް ނެތުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް އޭނާ ބުނެފިއެވެ. ނެގުނު އެއްވެސް ހަށިގަނޑެއްގައި ލައިފް ޖެކެޓް އަޅާފައެއް ނެތެވެ.

ނައިޖީރިއާގެ ނެޝަނަލް އިމަރޖެންސީ މެނޭޖްމަންޓް އޭޖެންސީގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާ ޖަސްޓިން އުވާޒުރުއޮންޔޭ ބުނިގޮތުގައި ހާދިސާ ހިނގި ތަން ހޯދުމަށް ގަޑިއިރުތަކެއް ވަންދެން ސަލާމަތީ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވިއެވެ.

ބޯޓު ބަންޑުން ޖަހާލި ނައިޖީރިއާގެ ކޯގީ ސްޓޭޓްގެ ނައިޖާ ކޯރުގެ ސަރަހައްދު.

ކޯގީ ސްޓޭޓުގެ ގަވަރނަރ އަޙްމަދު އުސްމާން އޮދޯދޯ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ވިޔަފާރިވެރިންނާއި، އަތްތެރި މަސައްކަތް ކުރާ މީހުންނެވެ.

ހާދިސާ ހިނގި ތަނުގެ ކައިރީގައިވާ ރަށްރަށުގެ ރަށްވެހިންނަށް ހަށިގަނޑުތައް ފެނޭތޯ ބެލުމަށް އިލްތިމާސްކޮށްފައިވެއެވެ.

މި ހާދިސާއަކީ އެ ޤައުމުގެ ކަނޑުތަކާއި ކޯރުފަދަ ތަންތަނުގައި ހިނގައިދިޔަ އެތައް ބަޔަކު ގެނބިގެން މަރުވުމުގެ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުން ހިނގައިދިޔަ ހާދިސާއެވެ. މިއީ ކަމާއި ބެހޭ ފަރާތްތަކުން ކަނޑުމަތީގެ ދަތުރުފަތުރުގެ ސަލާމަތީ ފިޔަވަޅުތަކާއި ޤަވާޢިދުތައް ރަނގަޅަށް ތަންފީޒު ނުކުރުމުގެ ސަބަބުން ދިމާވާ ހާދިސާތަކެވެ.

ފާއިތުވި މަހު، ނައިޖަރ ސްޓޭޓަށް ދަތުރުކުރަމުން ދިޔަ މުސްލިމުންގެ 300 ދަތުރުވެރިން، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް، އުފުލަމުންދިޔަ އުޅަނދެއް ބަންޑުން ޖެހި ގާތްގަނޑަކަށް 100 މީހުން މަރުވެފައިވެއެވެ.

ސެޕްޓެމްބަރު މަހު، ޒަމްފާރާ ސްޓޭޓުގެ ގުއްމީ ކޯރު ހުރަސްކުރަމުންދިޔަ 50 އަށްވުރެ ގިނަ ދަނޑުވެރިން އުފުލަމުންދިޔަ ބަންޑުން ޖެހި 40 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

2023 ވަނަ އަހަރުގެ ޖޫން މަހު، ކްވާރާގައި ގާތްގަނޑަކަށް 250 ދަތުރުވެރިން އުފުލަމުންދިޔަ އުޅަނދެއް ބަންޑުން ޖެހި 100 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

މި ހާދިސާތައް ގިނައިން ހިނގާފައިވަނީ އުޅަނދުތަކަށް މީހުން އަރުވަންޖެހޭ ވަރަށް ވުރެ ގިނައިން މީހުން އަރުވައިގެން ދަތުރުކުރުމާއި، އުޅަނދުތައް ރަނގަޅަށް މަރާމާތު ނުކުރުމުގެ ސަބަބުންކަމަށް ބެލެވެއެވެ. މި އުޅަނދުތައް ގިނަފަހަރަށް ހަދާފައި ހުންނަނީ އާންމު ސަލާމަތީ ފިޔަވަޅުތަކާއި ހިލާފަށް ގިނަ އަދަދެއްގެ ދަތުރުވެރިން އުފުލޭނެ ގޮތަށެވެ.

މީގެ އިތުރުން، މިފަދަ ދަތުރުތަކުގައި ލައިފް ޖެކެޓް ބޭނުންކުރުން މަޖުބޫރު ކަމާބެހޭ ފަރާތްތަކަށް މަޖުބޫރުކުރެވިފައެއް ނުވެއެވެ. މިއީ ގިނަފަހަރަށް ލައިފް ޖެކެޓް ލިބެން ނެތުމުގެ ސަބަބުން ނުވަތަ އޭގެ އަގު ބޮޑުވުމުގެ ސަބަބުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!