ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން، މިއަދު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ސްޓެލްކޯގެ ހެޑް އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ސްޓެލްކޯ އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ދެ ފަރާތުން ގުޅިގެން ދިވެހި ރައްޔިތުންނަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

