ޚަބަރު
ގދއަތޮޅު ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ އުފައްދައިފި، އެމްޑީއަކަށް ނުޒުރަތު އަފީފު

ގދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއް (އެލްއޭސީ) އުފެއްދުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައެވެ.

ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުން، މި ކުންފުނީގެ ނަމަކީ “ގދ. އަތޮޅު ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ” އެވެ.

މިއީ ގދ. އަތޮޅުގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ނުކުރާނެ ދާއިރާތަކުގައި ވިޔަފާރިކޮށް، އަތޮޅުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ  ނުޒުރަތު އަފީފް (ކޭވަކުގެ/ގދ.ތިނަދޫ) އެވެ، އަދި ޑިރެކްޓަރުކަމަށް އައްޔަނުކޮށްފައިވަނީ ހުސައިން ވާރިޝް (ހަވީރީ އައްސޭރި/ގދ.ހޯނޑެއްދޫ) އާއި (މިނިވަން) އިސްމާއިލް ފަރުހާދު އަޙްމަދު (ރަނައުރާގެ/ގދ.ތިނަދޫ) އެވެ. މީގެ އިތުރުން ކުންފުނީގެ ސެކްރެޓަރީއަކަށް އައްޔަނުކޮށްފައިވަނީ މުޙައްމަދު ޢަބްދުﷲ (ފްލޮރިޑާ/ގދ.ތިނަދޫ) އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!