ޚަބަރު
ސްޓްރޯކާއި ހިތްހުއްޓުންފަދަ ބޮޑެތި ގެއްލުންދޭ ވޭޕް، މިރޭ 12އިން ފެށިގެން ބޭނުން ކުރުން މަނާ

ސިއްހަތަށް ނުރައްކާތެރި އަދި ސްޓްރޯކާއި ހިތްހުއްޓުންފަދަ ބޮޑެތި ގެއްލުންތައް ދޭ ވައް ދޭ ވޭޕް، މިރޭ 12:00 އިން ފެށިގެން ރާއްޖޭގައި ބޭނުން ކުރުން މަނާވެގެންދާނެ ކަމަށް ސަރުކާރުން މިއަދު އިއުލާނު ކޮށްފިއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ވޭޕާއި ވޭޕް ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި، ބޭނުން ކުރުމާއި، ވިޔަފާރި ކުރުން މަނާވެގެންދާނެއެވެ. މި ބަދަލާ އެކު، މިރޭ 12:00 އިން ފެށިގެން ވޭޕް ވިއްކުމާއި ބޭނުންކުރުން ވެސް މަނާވާނެއެވެ.

ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕްގެ ބާވަތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އިރު، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ވެސް ކުރެވޭނެއެވެ. މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ސިއްހީ މާހިރުންގެ ބަހުން، ވޭޕް ކުރުމަކީ ސިއްހަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ. ވޭޕް ކުރުމުގެ ސަބަބުން ސްޓްރޯކް އަދި ހިތުގެ ބަލިތަކަށް މަގުފަހިވެ، ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަދި ޒުވާނުންގެ މެދުގައި ނިކޮޓިންގެ ވަބާ ފެތުރި، ދުޅަހެޔޮ ދިރިއުޅުމަކަށް ހުރަސްތަކެއް ކުރިމަތިވެއެވެ.

ސަރުކާރުން މި ގެނައި މި ގާނޫނުގެ ސަބަބުން ރާއްޖޭގެ އާންމު ސިއްހަތު ރަނގަޅުވެ، ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވާނެ ކަމަށް އުންމީދު ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!