ޚަބަރު
ކުރިނބީގެ އތމ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީން ހޯދި ކާމިޔާބީއަށް ރައީސްގެ މަރުހަބާ

ހދ. ކުރިނބީ ޑަބްލިއުޑީސީގެ 3 ގޮނޑި ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ އެވެ.

ހދ. ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަން މިއަދު ބޭއްވުނެވެ. މި އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރެއްވި 3 ކެންޑިޑޭޓުން ވަނީ ކާމިޔާބު ހޯއްދަވާފައެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މި ބައި-އިލެކްޝަންގައި ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެއްވި 3 ކެންޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވުމުގެ އިތުރުން، އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށާއި ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާފައިވެއެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 6 ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި ޕީއެންސީގެ ފަރާތުން 3 ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ފަރާތުން 3 ކެންޑިޑޭޓުން ހިމެނެއެވެ. އިންތިޚާބު ކާމިޔާބުކުރެއްވި 3 ކެންޑިޑޭޓުންނަކީ:

  • 1. ފާޠިމަތު ނާފިޡާ އިސްމާޢީލް (ވީނަސް، ހދ. ކުރިނބީ)
  • 2. އިނާސާ އާދަމް (ދޫގަސް، ހދ. ކުރިނބީ)
  • 3. ރާނިޔާ މުޙައްމަދު (ފަލަކް، ހދ. ކުރިނބީ)

ކުރިނބީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ނަތީޖާއިން ދައްކައިދެނީ ޕީއެންސީއަށް ރައްޔިތުން ދެއްވާ ތާއީދު އިތުރުވަމުންދާކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!