މައުލޫމާތު
އަންހެނެއްގެ މައްސަރުކަންތައް ނުވަތަ ޕީރިއަޑް, ތަދާއި އޭގެ ވޭން އެގޭނަމަ ގައިމު ފިރުމާދޭނެ!

ކޮންމެ އަންހެނަކުވެސް ކުރިމަތިލާންޖެހޭ އެންމެ ބޮޑު ވޭނަކީ ނުވަތަ ތަކުލީފަކީ މައްސަރު ކަންތައްތަކާއި އޭގެ ވޭނާއި ތަދެވެ. ކޮންމެ އަންހެނަކުވެސް އޭނާ ފުރާވަރަށްއަރާ އުމުރުން 9 އަހަރު ނުވަތަ 10 އަހަރުގަ ސިއްހަތު ސަލާމަތުން ހުރެއްޖެނަމަ ޕީރިއަޑްވެއެވެ. ކޮންމެ މަހަކު އެދުވަހެއް އޭނާ ދެކެންޖެއެވެ. ތަދާއި ވޭނުގައި އޭނާ ތަކުލީފުތަކުގައި އުޅެންޖެހެއެވެ. މިއީ އަންހެނަކަށްވީތީ އޭނާ އުފުލަންޖެހޭ ކަންތައްތަކެވެ.

ބުރަކަށީގައި ރިއްސުމާއި ބޮލަށް ތަދުވުމާއި، ބޯ އެބުރުންއެރުންފަދަ ކަންތައްތައް އޭނާ އަށްވަނީ ތަކުލީފަކަށެވެ. ދަށް ބަނޑުގައި ރިއްސުމާއި، ފޫޅުން ތިރީގައި ވާގިނުހުންނަ ކަމުގެ އިހުސާސެވެ. ދަށްބަނޑުގައި ރިއްސާ ރިއްސުން ބޮޑުވެ ނާރުތަކަށް ވާންވާހެންވެސް ބައެއްފަހަރު ހީވެއެވެ. އަދި ބުރަކަށީގެ ވޭންދެނިވި ތަދަކީ ކިހާވަރެއްގެ ތަދެއްކަން އިހުސާސްވާނީ ގައިމުވެސް އެ ދަތު އިހުސާސްކުރާ މީހެކެވެ.

މިއީ ޕީރިޑް ތަދާއި އޭގެ އިހުސާސުން ކުޑަ މިންވަރެކެވެ. އެހެންކަމުން އޭނާ އަށް އެވަގުތު ބޭނުންވާނީ އާއިލާގެ އަޅާލުމާއި ލޯތްބެވެ. ފިރުމައިދޭނެ ބައިވެރިއެކެވެ. ވަޒީފާތަކުގައި އުޅޭއިރުވެސް އޭނާ އަށް އެދުވަސްތަކަށް ގައިމު ވަގުތުކޮޅެއް ހުސްކުރަން ބޭނުންވާނެއެވެ.

ޕިރިއަޑްއާއިއެކު އޭނާ އުފުލާ ވޭނަށް ކެތްނުވެ އޮފީހުން ސަލާމް ބުނުމާއި މިފަދަ އެތައްކަމެއް ދިމާވެއެވެ. އެހެންކަމުން އޮފީހުގެ ތެރެއިން އަންނަ ނުފޫޒުގަދަ ބަސްތަކުން އޭނާގެ ނަފްސަށްވެސް އުނދަގޫތައް ވެއެވެ. ކަންމިހެން އޮތުމުން މިކަމަށް އަވަސް ހައްލެއް ހޯދުމަށް އަމިއްލަ ފަރުވާ އަށްވުރެ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ބޭނުންވާނެއެވެ. އަދި ޕީރިއަޑްސް މެނޭޖް ކުރަން ދަތިނަމަ ނުވަތަ އާދަޔާ ހިލާފަށް ގޯސްކަމަށް ހީވާނަމަ ޑޮކްޓަރަށް ދައްކަންވާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި 70.4 އިންސައްތަ މައްސަރު ދުވަސްތައް ފެށެނީ ރޭގަނޑު ނުވަތަ ހޭލާތާ ހަތަރު ވަރަކަށް ގަޑިއިރުގެ ތެރޭގަ އެވެ. މީގެ ތެރެއިން ގިނަ ހާލަތްތަކުގައި ހޭލެވުމުން ލޭ ހުރުމުގެ މާނައަކީ ނިދުމުގެ ތެރޭގައި މައްސަރުކަން ފެށުނު ކަމެވެ.

ބައެއްފަހަރު ހޭލާއިރު ލާއިގެން ހުންނަ ހެނދުމުގައި ނުވަތަ ބެޑްޝީޓްގައި ރަތްކުލައިގެ ކުލައެއް ހުރިކަން ފާހަގަކުރެވިދާނެއެވެ. މިއީ އާންމުގޮތެއްގައި ވެދާނެކަމެކެވެ.

އެކަން މެދުވެރިވަނީ ކީއްވެ؟

ޕީރިއަޑްގައި މިކަންދިމާވަނީ ނިދަން އޮށޯވުމުން މީހާ ހަމަޔަކަށްއެޅި ހަރަކާތް އެއްމިނަކަށް ހުއްޓުމުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އަންހެނެއްގެ ފުރަތަމަ މައްސަރު ދުވަސް، ދިމާވަނީ އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގައެވެ. އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 12 އަހަރެވެ. ނަމަވެސް ކުރިން ނުވަތަ ފަހުން ވެސް އެކަން ވެދާނެ އެވެ.

އަންހެނެއްގެ ފުރަތަމަ ޕީރިއަޑާ ބެހޭ ގޮތުން އެނގެން ޖެހޭ ބައެއް ކަންކަން:

އާންމުކޮށް އަންހެނެއްގެ ފުރަތަމަ ޕީރިއަޑް ދިމާވަނީ އޭނާ އުފެދި ބޮޑުވެ އުރަމަތީގެ ހެދިބޮޑުވާން ފަށާތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. އަދި ހަށިގަނޑުގައި ގުނަވަންތަކުގައި އިސްތަށި ފަޅާތާވެސް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުންނެވެ. ގިނަފަހަރު ޕީރިއަށް މުއްދަތު 3-7 ދުވަހަށް ދެމިގެން ދެއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ޕީރިއަޑް ކުރު ނުވަތަ ދިގުވެދާނެ އެވެ. ވަކި މުއްދަތަކަށް ދާ މަސްތަކުގައި ހުދު ނުވަތަ ރީނދޫ ކުލައިގެ ޑިސްޗާޖެއް ވެސް ހުރެދާނެ އެވެ.

ފުރަތަމަ ޕީރިއަޑް 2 ދުވަހާއި 7 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިހުންނަންޖެހޭނެއެވެ.

ޕީރިއަޑްތައް 4 ދުވަހާއި 8 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިގެން ދިޔަ ނަމަވެސް އާންމުގޮތެއްގައި ދެމިއޮންނަނީ ގާތްގަނޑަކަށް 5 ދުވަހެވެ.

އާންމުގޮތެއްގައި ފުރަތަމަ ދެ ދުވަހު އެންމެ ބޮޑަށް އަންނާނީ ސާފް ލޭ އެވެ. ލޭގެ ކުލަ ރަތްކުލައިން ފެށިގެން ޕިންކް، ބްރައުން ނުވަތަ ކަޅު ކުލައަށް ތަފާތުވެދެއެވެ.

މިއީ ޕީރިއަށްވުމާއި އޭގެ ވޭނާ ދަތާއި އުދަގޫތަކުގެ ވާހަކައެވެ. މި އާޓިކަލްއިން އެގިގެންދިޔައީ އަންހެނަކު ޕީރިއަޑް ދުވަސްވަރުގައި އުފުލާނެ ވޭނާއި ތަކްލީފްތަކެވެ. އެހެންކަމުން އޮފީސް މާހައުލުން ކަމަށްވިޔަސް އާއިލާގެ މެމްބަރުންގެ ފަރާތުން ކަމަށްވިޔަސް އެފަދަ އަންހެނާއަށް ދޭން ޖެހޭނީ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!