މާލޭގެ މަގެއްގެ މަތީގައި ހުރި އަނބުގަހަކުން ވަގަށް އަނބު ބިންނަން އުޅެނިކޮށް ފަޅާ އެރުމުން މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ލަންދޫއަށް ނިސްބަތްވާ 35އ. ގެ މީހެކެވެ.
މި މީހާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ވަނީ 10 ދުވަސް ޖަހައިފައެވެ. އެ ބަންދު އަމުރުގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަަމަށެވެ. އެގޮތުން ހާދިސާ ރިޕޯޓް އަދި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހިމެނެއެވެ.
އެ ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ މައްޗަށް ތުހުމަތު ކުރެވެނީ މަގުމަތީގައި ހުރި އަނބު ގަހަކުން އަނބު ބިންނަން އުޅެނިކޮށް އެކަން ހުއްޓުވަން އުޅުނު މީހާ އާއި މެދު މާރާމާރީ ހިންގިކަން އުޅުނު ކަމަށެވެ.
ވައްކަމާއި، މާރާމާރީ ފަދަ ކުށްތައް ހިންގުމަކީ ރާއްޖެ ދެކެމުން އަންނަ އާ ކަމެއް ނޫނެވެ. މި މައްސަލަތަކާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު މިފަދަ ކުށްތަކަށް އިތުރު ފިޔަވަޅުތައް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

