ޚަބަރު
ޕީއެސްއެމްގެ ޗެއަރޕާސަން އަށް ރާއްޖޭގެ މަގުބޫލު ނަމްޒާ

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއަރޕާސަން ކަމަށް މ.ހަނީކޯމްބް އާމިނަތު ނަމްޒާ މިއަދު އައްޔަނުކޮށްފިއެވެ.

މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް ގެ ނައިބުގެ މަގާމުވެސް ފުރުއްވަމުންގެންދަވާ ނަމްޒާ އަކީ ޕީއެސްއެމްގެ ޝޯވ ތައް ހުށަހަޅައިދީފައިވާ ހޯސްޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމްޒާ ވަނީ މި ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާވެސް އަދާކުރައްވާފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އެ ތަނުގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔާ އިބްރާހިމް ނަސްރީން (ނައްޓު) އައްޔަނުކޮށްފައެވެ.

ނަސްރީނަކީ ޕީއެސްއެމްގެ މާކެޓިން ޑިޕާޓްމަންޓުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަސްރީން މަތީ ތައުލީމް ހާސިލްކުރެއްވީ ކޮމިޔުނިކޭޝަން އަދި ކްރިއޭޓިވްޓެކްނޮލޮޖީގެ ރޮނގުންނެވެ. ނަސްރީން ވަނީ 2015 ވަނަ އަހަރު އެމެރިކާގެ ޓްރެވަލް އެންޑް ޓޫރިޒަމް ރިސަރޗް އެސޯސިއޭޝަނުން ބޭއްވި ޓޫރިޒަމް ރިސަރޗް ކޮންފަރެންސަށް ހުށަހަޅުއްވައި، އެންމެމޮޅު މާސްޓަރޒް ސްޓޫޑަންޓް ރިސަރޗް އެވޯޑް ހޯއްދަވާފައެވެ. އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2016 ވަނަ އަހަރު ނަސްރީނަށް މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް އަރުވާފައެވެ.

ދައުލަތުގެ މީޑިއާގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނަސްރީން އައްޔަނުކުރައްވާފައިމިވަނީ، އެމަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަދުވަހު އިސްތިއުފާދެއްވުމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!