ޚަބަރު
އަންނަ ބުރާސްފަތި ދުވަސް ވެގެންދާނީ ތާރީހީ ބޮޑު ދުވަހަކަށް، ފަހުރުވެރި ރެކޯޑު ގާއިމުވާ ހާއްސަ ދުވަހަށް!

ފަތުރުވެރިކަމުގެ ދާއިރާއިން އައު ރެކޯޑެއް ގާއިމު ކުރަމުން، މިއަހަރު ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ހާމަކުރައްވައިފިއެވެ.

މިނިސްޓަރ ފައިސަލް ދެއްވި މައުލޫމާތުގައި، މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 1,978,252 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރަށް ބަލާއިރު، އަންނަ ބުރާސްފަތި ދުވަހު 2 މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވިއެވެ.

މި އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި ލަނޑުދަނޑި ހާސިލު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފައިސަލް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއާއި މި ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު:

ޫ2013 ވަނަ އަހަރު 1.1 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، 17.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވެއެވެ. އޭގެ ފަހުން އައި އަހަރުތަކުގައިވެސް ކުރިއެރުން ލިބެމުން އައިސް، 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިންނާއެކު 14.7 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވެއެވެ.

ނަމަވެސް، 2020 ވަނަ އަހަރު ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ލޮޅުމެއް އައިސް، އެ އަހަރު އައި ފަތުރުވެރިންގވެރިންގެ އަދަދު 5 ލައްކައަށް ވެއްޓި، 67 އިންސައްތައިގެ ބޮޑު ގެއްލުމެއް ލިބުނެވެ. އެހެންނަމަވެސް، 2021 ވަނަ އަހަރު އަނެއްކާވެސް ދާއިރާ އާރާސްތުވެ، 1.3 މިލިއަން ފަތުރުވެރިންނާއެކު 138 އިންސައްތައިގެ ރެކޯޑު ކުރިއެރުމެއް ހޯދިއެވެ.

މިނިމުނު 2023ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، 12.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، މިހާތަނަށް މިއަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، 9.0 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަހަރުން އަހަރަށް ކުރިއަރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ފަހުން މި ދާއިރާ އަވަސް ސްޕީޑެއްގައި އާރާސްތުވެ، ކުރިއަރަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މިނިސްޓަރ ފައިޒަސަގެ މި ޚަބަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްގެ އިތުރުން، ގައުމީ އިގުތިސާދަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިފަދަ ބޮޑު އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމުން، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވިޔަފާރިތަކަށް ކުރިއެރުން ލިބި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަން ޔަޤީނެވެ.

އެހެންނަމަވެސް، މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައުމުން ދިމާވެދާނެ ގޮންޖެހުންތަކަށްވެސް ސަމާލުކަން ދޭންޖެހެއެވެ. މީގެ ތެރޭގައި ތިމާވެށްޓަށް ކުރާ އަސަރު، ރިސޯޓުތަކުގެ ހިދުމަތުގެ ފެންވަރު ހިފެހެއްޓުން، އަދި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން ފަދަ ކަންކަން ހިމެނެއެވެ.

ޖުމްލަ ގޮތެއްގައި، މި އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެކަމުގެ ލަފާކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!