ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މާރާމާރީ ހިންގި ސްރީ ލަންކާގެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހަމަނުޖެހުން ހިނގާފައިވަނީ އެއާޕޯޓުގެ ޓެކްސީ ޑްރޮޕް އޮފް ޕޮއިންޓުގައެވެ. ހަމަނުޖެހުން ހިނގާފައިވަނީ ވޯކް ވިސާގައި ރާއްޖޭގައި އުޅޭ ބައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކެމެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެތަނުން އެކަކު ހުރީ މަސްތުގެ ހާލަތުގައެވެ. އަދި ދެން ތިބި މީހުންގެ ގައިގައި ޖަހައި އަނިޔާ ކުރަން އުޅުނު ކަމަށް ވެއެވެ.

