ސާބިތު ދަރަންޏެއް ނުދައްކައު އޮތުމުގެ ސަބަބުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ މަގާމު ގެއްލިއްޖެއެވެ.
ޖޭއެސްސީ އިން އިއްޔެ ވިދާޅުވެފައިވަނީ ސިވިލް ކޯޓަށް ހުށަހަޅައި، ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު އަދާކުރައްވާފައި ނުވާ ކަމަށެވެ.
އަދި މުއާވިޔަތު ވަނީ ޖޭއެސްސީގެ މި މައްސަލައަށް ކޮމިޓީގެ ތެރޭގައި އަމިއްލައަށް އިއުތިރާފް ވެފައެވެ.
ސާބިތުވެފައިވާ ދަރަންޏެއް އޮތްނަމަ އެ ދަރަނި ދެއްކުމަކީ ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުންނަން ޖެހޭ ލާޒިމް ޝަރުތެކެވެ. އެހެންވެ، މުއާވިޔަތުގެ ކިބައިން މި ޝަރުތު އުނިވެފައިވާތީ އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވީ ކަމުގައި ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.

