ޚަބަރު
މިހާރުގެ ޑޮމެއިން ސެޓްފިކެޓު ޑުބްލިކޭޓް ނުކުރެވޭނެ، އެހާވެސް ސެކިއުރިޓީ ވަރުގަދަވާނެ: ވަޒީރު އަމީން

ސެކިއުރިޓީ ވަރުގަދަކޮށް، ޑުބްލިކޭޓް ނުކުރެވޭ ފެންވަރަށް ތައްޔާރުކުރެވިފައިވާ ޑޮމެއިން ސެޓްފިކެޓާއެކު ޑޮމެއިން ގެންގުޅޭ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައި އަލަށް ތަޢާރަފުކުރެވުނު ޑޮމެއިންގެ ޚިދުމަތުގެ ދަށުން އެންމެ ފުރަތަމަ ޑޮމެއިން ސެޓްފިކެޓް ހަވާލުކުރެވުނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގެ ދުވަސްވަރު ޑޮމެއިންގެ މައްސަލަތައް ބޮޑުވެ، އެ ޚިދުމަތް ހުއްޓާލަން އަންގާފައި އޮތް ނަމަވެސް، އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ފެންނާތީ، އިތުރު ރައްކާތެރިކަމާއެކު އެ ޚިދުމަތް އަލުން ފަށައިގަތް ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން ޑޮމެއިން ރިޕްލޭސްމަންޓަށް ހުޅުވާލި ފަހުން، މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތަކުން މި ޚިދުމަތަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު ދޫކުރެވޭ ޑޮމެއިން ސެޓްފިކެޓާއި ރަޖިސްޓްރީއަކީ ކުރީގެ ޔެލޯ ސްލިޕާ ޚިލާފަށް، ސެކިއުރިޓީ ވަރުގަދަ އަދި ޑުޕްލިކޭޓް ނުކުރެވޭނެ ފެންވަރަށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

“ދެން އިރާދަކުރެއްވިއްޔާ މި ސިސްޓަމް ބްރޭކްކުރަން އެހާ ފަސޭހައެއް ނުވާނެ. މި ވަގުތު ކުރެވެން އޮތް އެންމެ ރަނގަޅަކަށް ސެކިއުރިޓީ ގޮތުން ތައްޔާރުކުރެވިފައި އޮތް ޑޮމެއިން ސެޓްފިކެޓަކާއި ރަޖިސްޓްރީއެއް ހަވާލު ކުރެވެނީ,” ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އާންމުންނަށް އަލަށް ޑޮމެއިން ދޫކުރަން ފަށާނީ ކުރިން ހުރި ޑޮމެއިންތައް ރައްކާތެރިކޮށް، ޤާނޫނާ އެއްގޮތަށް ދެވޭކަން ކަށަވަރުކުރުމަށްފަހު ކަމަށާއި، އެކަން ކުރިއަށް ގެންދާނީ އޯޕަން ބިޑިންގ ސިސްޓަމެއްގެ ތެރެއިން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!