ޚަބަރު
އައްޑޫ ގާމެންޓް ފެކްޓަރީގެ މަޝްރޫއު ހުއްޓާނުލާ، ބިން ލިބުނުހާ އަވަަހަށް މަސައްކަތް ފަށާނެ: ބީސީސީ

އައްޑޫގައި ގާއިމު ކުރަން ނިންމާފައިވާ ގާމެންޓް ފެކްޓަރީގެ މަޝްރޫޢު ހުއްޓާލަން ނޫޅޭ ކަމަށާއި ބިން ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު އިއްޔެ “ވަން” އަށް ވިދާޅުވި ގޮތުގައި، ގާމަންޓް ފެކްޓަރީ ހެދުމުގެ މަސައްކަތް މިވަގުތު މަޑުޖެހިފައި އޮތީ ކުރިން އެ ކޯޕްރޭޝަނުން ގާމަންޓް ފެކްޓްރީ އިމާރާތް ކުރަން ހަމަޖެއްސި ބިމުގައި މަސައްކަތް ކުރިޔަށް ގެންދިއުމަށް ދަތިތަކެއް ހުރުމުންނެވެ.

“މަސައްކަތް ނުފެށި ތިބެން ޖެހުނު ސަބަބަކީ ބިން ހުސްނުކުރުމުން. ރަސްމީ އެއްވެސް ވާހަކަތަކެއް ހިއްސާކޮށްފައެއް ނެތް,” ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު އިތުރަށް ވިދާޅުވީ އެ ބިމަކީ 30،000 އަކަފޫޓުގެ ބިމެއް ކަމަށާއި އެ ވަރުގެ އެހެން ބިމަކަށް އައްޑޫ ކައުންސިލުގައި ރަސްމީ ސިޓީއަކުން ބީސީސީން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ހަމަސް ފާއިތުވެގެން ދިޔައިރު ވެސް އެދެވޭ ޖަވާބެއް އައްޑޫ ކައުންސިލުން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“ޕްރޮޖެކްޓު ކުރިޔަށްދާނެ އައްޑޫގައި,” ޒިޔާއު ވިދާޅުވިއެވެ. “ބިން ހަމަޖެހުނުހާ އަވަހަކަށް ގާމަންޓް ފެކްޓްރީގެ މަސައްކަތް ފަށާނެ.”

މި ބަޔާން އައިސްފައިވަނީ އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު މިދިޔަ އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި މޭޔަރު ވިދާޅުވެފައިވަނީ މި ސަރުކާރުން އައްޑޫގައި ގާމެންޓް ފެކްޓަރީ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިނުވާ ކަމަށެވެ.

ގާމެންޓް ފެކްޓަރީއެއް ހަދަން ކައުންސިލާއި ބީސީސީއާ ދެމެދު އެއްބަސްވުމެއް ހަދައި ބިން ކުއްޔަށް ދޫކުމުގެ އެއްބަސްވުމުގައި ސޮއިކުރީ މި އަހަރު ޖޫން ނުވަ ވަނަ ދުވަހުއެވެ. އެމްޑީޕީ ސަރުކާރުން ވަނީ ގާމެންޓް ފެކްޓްރީއަށް ފައިސާ ހަމަޖައްސައި އެކަމަށް ބިންވެސް ކަނޑައަޅައިފައެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ފެށިފައެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!