ރިޕޯޓް
ވައިގެ އުޅަނދުތަކަށް ބިރުވެރި ހަފްތާއެއް: އެއް ހަފްތާ ތެރޭ 4 އެކްސިޑެންޓް، އެތައް ސަތޭކަ ފުރާނައެއް ގެއްލިއްޖެ!

2024 ވަނަ އަހަރުގެ ފަހު ހަފްތާ ނިމިގެން މިދަނީ ވައިގެ އުޅަނދުތަކުގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި އެތައް ސަތޭކަ ފުރާނައަކަށް އަލްވަދާއު ކިޔުމަށްފަހުގައެވެ. ވައިގެ ދަތުރުފަތުރަކީ އެންމެ ރައްކާތެރިކަން ބޮޑު ދަތުރުފަތުރަށް ވީހިނދު ވެސް ވޭތުވެދިޔަ ހަފްތާ ތެރޭގައި ވައިގެ މަގުން 4 އެކްސިޑެންޓެއް ހިނގައިފައިވެއެވެ. މީގެ ތެރޭގައި އަޒަރްބައިޖާން އެއާލައިންސް ފްލައިޓް 8432، ޖޭޖޫ އެއަރ ފްލައިޓް 2216، އެއަރ ކެނެޑާ ޕީއޭއެލް އެއަރލައިންސް ފްލައިޓް 2259 އަދި ކޭއެލްއެމް ރޯޔަލް ޑަޗް އެއަރލައިންސް ފްލައިޓް 1204 ހިމެނެއެވެ.

އަޒަރްބައިޖާން އެއާލައިންސް ފްލައިޓް 8432

މި ފްލައިޓަކީ ގަވާއިދުން އަޒަރުބައިޖާންގެ ވެރިރަށް ބަކޫ އާއި ރަޝިއާގެ ގްރޮޒްނީ އިންޓަނޭޝަނަލް އެއާޕޯޓް (ޖީއާރްވީ) އާ ދެމެދު ދަތުރުކުރަން ޝެޑިއުލް ކޮށްފައިވާ ފްލައިޓެކެވެ. އާދައިގެ ދުވަހެއްގައި މި ދަތުރަށް 1 ގަޑި އިރު ނެގިޔަސް، ޑިސެމްބަރު މަހު 25 ވީ ދުވަހު ވިއްސާރައިގެ ބޯ ވިލާގަނޑެއްގައި ޖެހުމުގެ ސަބަބުން ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. ފަސިންޖަރުން ބުނި ގޮތުގައި މަތިންދާބޯޓު ޖެއްސުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެއްވެސް ފައިދާއެއް ނުވިއެވެ. ތިން ވަނަ ފަހަރަށް ކުރި މަސައްކަތުގައި، އެކަން ވެސް ނާކާމިޔާބުވެ މަތިންދާބޯޓުގައި ބޮން ގޮއްވާލި ހެން ހީވި ކަމަށް ފަސިންޖަރުން ސިފަކުރިއެވެ.

Emergency workers at the site where an Azerbaijan Airlines plane crashed, near the city of Aktau, in Kazakhstan. Reuters

އަޒަރްބައިޖާން އެއާލައިންސް ފްލައިޓް 8432 އެކްސިޑެންޓް ހިނގި ވަގުތު

ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި މަތިންދާބޯޓު ބިންމައްޗަށް ވެއްޓުމުގެ ކުރިން ބާރު ސްޕީޑުގައި ތިރިއަށް ދާތަން ފެނެއެވެ. މި ހާދިސާގައި 38 މީހުން ވަނީ މަރުވެފައެވެ. ހާދިސާގައި ސަލާމަތްވި 29 މީހުން ސަލާމަތްކުރުމުގައި ބޯޓުގެ ކްރޫ އިން ވަނީ އެހީތެރިވެދީފައެވެ.

ޖޭޖޫ އެއަރ ފްލައިޓް 2216

ދެކުނު ކޮރެއާގައި އާދީއްތަ ދުވަހުގެ ހެނދުނު ބޯއިން 737-800 މަރުކާގެ މަތިންދާބޯޓެއް މުއާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސިއެވެ. އެއަށްފަހު ރަންވޭގެ ފަހުކޮޅުގައި ހުރި ފާރާއި ދިމާލަށް ބާރު ސްޕީޑުގައި މަޑުނުކޮށް މަތިންދާބޯޓު ދުއްވަމުން ގޮސް ފާރެއްގައި ޖެހުނެވެ.

މިކަމުގެ ސަބަބުން މަތިންދާބޯޓުގައި އަލިފާން ރޯވެ، ބޯޓުގައި ތިބި 181 ފަސިންޖަރުންގެ ތެރެއިން ދެ މީހުން ފިޔަވައި އެހެން އެންމެން ވަނީ މަރުވެފައެވެ. މި ހާދިސާގައި ސަލާމަތްވި ދެ މީހުންނަކީ 2 ފަޅުވެރިންނެވެ. އެ ދެ މީހުން ސަލާމަތްކޮށް އެއާޕޯޓުގެ މެޑިކަލް ފެސިލިޓީތަކަށް ގެންގޮސްފައިވެއެވެ. އޭގެ ފަހުން އެ މީހުން ވަނީ ސޯލްގެ ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. މި ހިތާމަވެރި އެކްސިޑެންޓަކީ ދެކުނު ކޮރެއާގެ ފަސްގަނޑުގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް އެކްސިޑެންޓެކެވެ.

Firefighters carry the body of a passenger from the wreckage of a Jeju aircraft that crashed after it went off the runway at Muan International Airport, in Muan, South Korea, Dec. 29, 2024.

ޖޭޖޫ އެއަރ ފްލައިޓް 2216 އެކްސިޑެންޓް ހިނގި ވަގުތު

އެއަރ ކެނެޑާ ޕީއޭއެލް އެއަރލައިންސް ފްލައިޓް 2259

ސެއިންޓް ޖޯންސް އިންޓަނޭޝަނަލް އެއާޕޯޓް (ވައިވައިޓީ) އާއި ހެލިފެކްސް އިންޓަނޭޝަނަލް އެއާޕޯޓް (ވައިއެޗްޒެޑް) އާ ދެމެދު މި ފްލައިޓް ދަތުރު ކުރަމުން ދަނިކޮށް ޓާބޯޕްރޮޕް ރަންވޭއިން ފައިބައިގެން ގޮސް އަލިފާން ރޯވިއެވެ. ސީބީސީ ނިއުސްގެ ލޯކަލް މީޑިއާ ރިޕޯޓެއްގައި ވާގޮތުން އެއާ ކެނެޑާގެ ތަރުޖަމާނު ޕީޓާ ފިޓްޒްޕެޓްރިކް ވިދާޅުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު މަތިންދާބޯޓު އައި އިރު “ލޭންޑިން ގިއާގެ މައްސަލައެއް” ދިމާވި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޓާމިނަލަށް މަތިންދާބޯޓު ނުދެވި، 73 ފަސިންޖަރުންނާއެކު ފަޅުވެރިން ގެންދިޔައީ ބަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސިންޖަރުންނަށް ލިބިފައިވަނީ ވަރަށް ކުޑަ އަނިޔާތަކެކެވެ.

accident x

އެއަރ ކެނެޑާ ޕީއޭއެލް އެއަރލައިންސް ފްލައިޓް 2259 އެކްސިޑެންޓް ހިނގި ވަގުތު

Air Canada Express Dash 8 Landing In Portland

ކޭއެލްއެމް ރޯޔަލް ޑަޗް އެއަރލައިންސް ފްލައިޓް 1204

ކޭއެލްއެމްގެ ރަންވޭގެ ހާދިސާގެ ޚަބަރު ލިބުނީ އޭވިއޭޝަންގެ ހިތާމަވެރި ދެ އެކްސިޑެންޓަކާ ގުޅިގެންނެވެ.

އޮސްލޯ އާއި އެމްސްޓަޑަމްއާ ދެމެދު ދަތުރުކުރި ކޭއެލްއެމްގެ ފްލައިޓެއް ހައިޑްރޯލިކްސް ފެއިލްވެގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަޅުވެރިން އެނބުރި ނޯވޭގެ ވެރިރަށަށް ދިއުމުގެ ބަދަލުގައި މި ފްލައިޓް ޖެއްސުމަށް އިޚްތިޔާރުކުރީ ކައިރީގައި އޮންނަ އޮސްލޯ ޓޯޕް ސެންޑެފްޖޯޑް އެއާޕޯޓް (ޓީއާރްއެފް) އަށެވެ.

އެހެންނަމަވެސް، ބޯޓު ޖެއްސުމާއެކު ކަނާތް ފަރާތަށް އެނބުރި ރަންވޭ ކައިރީގައި ހުރި ގަސްތަކުގެ ތެރެއަށް ވެއްޓުނެވެ. ކޭއެލްއެމް އިން ބުނި ގޮތުގައި މި ހާދިސާ ހިގައިދިޔަ ވަގުތު ބޮޑު އަޑެއް ގޮވިއެވެ.

KLM Boeing 737-800 shutterstock_448988842

ނޯވޭގެ ފުލުހުންގެ ރިޕޯޓުގައި ވާގޮތުން، 182 ފަސިންޖަރުންނާއެކު ދަތުރުކުރި މި ބޯޓު ޖެއްސުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފުލުހުން ބުނީ ބަހުގައި ފަސިންޖަރުން އަނބުރާ ގާޑާމޯން އަށް ގެންގޮސް ހޮޓަލެއްގައި ބައިތިއްބާފައިވާ ކަމަށެވެ.

އެންމެ ހަފްތާއެއް ތެރޭ ވައިގެ މަގުން 4 އެކްސިޑެންޓް ހިނގައި އެތައް ބައެއްގެ ފުރާނަ އެވަނީ ގެއްލިފައެވެ. މިއީ ދުނިޔޭގެ އާދައެވެ. ވަކިވެގެންދާނީ ކޮންއިރަކު، ކޮންތާކު، ކިހިނެއް ކަމެއް ނޭނގޭނެއެވެ. މި ހިނގި އެކްސިޑެންޓްތަކުގައި ސޯޝަލް މީޑިއާގައި މަގުބޫލުވި ވީޑިއޯއެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ބޯޓުގައި ތިބި އެންމެން ބިރުން ހަޅޭއް ފަޅޭއް ޖަހާއިރުވެސް މުސްލިމް ފިރިހެނަކު ހާސްކަމެއް ނެތި ﷲ މަތިން ހަނދުމަކުރުމުގައި ވަގުުތު ހުސްކުރިއެވެ. ހިތުގައި އެއްވެސް ބިރުވެރިކަމެއް ނުވާ ފަދައެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. އެމީހަކު ބޯޓުން ފޭބީ ސަލާމަތްތެރިކަމާއެކުގައެވެ. ވިސްނާލި ބަޔަކަށް އިބުރަތަކަށް ފުދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!