ޚަބަރު
ތިނަދޫގެ ސިޓީގެ ދަރަޖަ ބާޠިލުކުރަން ހުށައެޅި މައްސަލަ ހައިކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ތިނަދޫ ސިޓީއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާޠިލުކުރުމަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ތިނަދޫ ސިޓީގައި 10،000 މީހުން ހަމަނުވާކަމަށް ބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަރަޖަ ބާޠިލުކުރުމަށެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލެއް ކަމަށްވާ މުޙައްމަދު ރާގިބު އަހުމަދު މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ރައްދުވާ ގޮތަށެވެ.

ހައިކޯޓުގެ ރަޖިސްޓްރަރ މަރްޔަމް ހޫރުޝީދާ ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ މިއީ ދުސްތޫރީ ގޮތުން ހައިކޯޓަށް ބެލޭނެ ފަދަ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރަކުން ނުވަތަ ޤާނޫނަކުން ލިބޭ ބާރަކުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރެއްކަން ބުނެދެވިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާގިބު ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވާގޮތުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް 10،000 މީހުން ހަމަވާކަމަށް ދައްކާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކުގެ މައްޗަށް ކަމަށެވެ. އަދި މީހުން ހަމަކުރުމަށްޓަކައި ކައުންސިލްގެ ދަފްތަރުގައި މަރުވެފައިވާ 115 މީހަކު ހިމަނާފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކުރުމަށްފަހު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އަދުގެ ސަރުކާރުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!