ޚަބަރު
ރައީސް ގުޅީރައްޔިތުންނަށް ދެއްވީ ޔަގީންކަން؛ މިފަހަރު ފަސްއަޅައި ނިމިގެން ނޫނީ ބިންހިއްކުން ނުހުއްޓޭނެ!

ކ. ގުޅީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްފަހު، ފަސްއެޅުމުގެ މަސައްކަތް ނިމެންދެން މަޝްރޫޢު މެދުނުކެނޑޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މީގެ ކުރީ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތަށް އިޝާރާތް ކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ މިފަހަރު ގުޅީ ބިންހިއްކުން ފަސްއަޅައިގެން ނޫނީ ނުހުއްޓޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަދު ހަވީރު ގުޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހެއްދެވުމާއި، ތަރައްޤީއަށް އެދިތިބި ރައްޔިތުންގެ އިންތިޒާރަށް ނިމުމެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ކަމަށެވެ.

ކުރީގެ ސަރުކާރުގެ ދައުރުގެ ފަހު ދުވަސްވަރު ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫޢު އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވުނު ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، އޭރުގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި މި މަޝްރޫޢަށް އެކަށީގެންވާ ޖާގައެއް ދެވިފައި ނުވާތީ ކަމަށެވެ. އަދި މިއީ ބިން ހިއްކުމަށްފަހު ހިލަޖަހައި ރައްކާތެރިކުރަންޖެހޭ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!