ޚަބަރު
ވިހިސައުވީހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، ވިހިތޭވީހަށްވުރެ 9 އިންސައްތަ އިތުރު!

ވިހިސައުވީހުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، ވިހިތޭވީހަށްވުރެ 9 އިންސައްތަ އިތުރުކަމަށާ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، 2023 ވަނަ އަހަރާ އަޅާބަލާއިރު 9 އިންސައްތަ ވަނީ އިތުރުވެފައެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2,046,615 ފަތުރުވެރިންނެވެ.

މިއީ 2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1,878,543 ފަތުރުވެރިންނާ އަޅާބަލާއިރު 168,072 ފަތުރުވެރިން އިތުރު އަދަދެކެވެ. އިންސައްތައިން ބަލާއިރު މިއީ 8.94 އިންސައްތައިގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒު ހާސިލުވެފައިވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

2025 ވަނަ އަހަރުގެ ފުރަތަމަ 4 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 25,076 ފަތުރުވެރިންނެވެ. މިއީ ދުވާލަކަށް 6,000 އަށްވުރެ ގިނަ ފަތުރުވެރިންގެ މިންވަރެކެވެ.

މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތުން ކަމަށާއި، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވާ ގޮތުގައި، 2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން 15 އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށް ވުޒާރާއިން އަމާޒު ހިފާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!