ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫއަށް ވަޑައިގެންފިއެވެ. ރަށުގެ ކުދިބޮޑު އެންމެން ބަނދަރު މައްޗަށް ނުކުމެ ވަނީ ރައީސަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރަށުގެ ތަރައްޤީގެ އެޖެންޑާއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.

