ޚަބަރު
ރަޖުނީއަށް ފްލެޓް ލިބުނީ އުސޫލާ ޚިލާފަށް ނޫން: ފުލުހުން

ރަޖުނީ ޝުޢައިބަށް ވިނަރެސް ފްލެޓް ލިބުނީ އުސޫލާ ޚިލާފަށް ނޫންކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބަށް، ވިނަރެސް ހައުސިންގ މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމު މީޑިއާގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

ވިނަރެސް ފްލެޓްތައް ދޫކުރުމުގައި މައްސަލަތަކެއް އުޅޭކަން ފާހަގަ ކުރެވުނީ ކުރީގެ ސަރުކާރު ނިމި، މި ސަރުކާރު އައިއިރު ބާކީ ހުރި ފްލެޓްތައް ދޫކުރި ގޮތުންނެވެ

ތުހުމަތު ރަޖުނީގެ މައްޗަށް އާންމުން ކުރާތީ އެކަން ފުލުހުން ބަލަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އަދި އެ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށް ރަޖުނީގެ މަސްއޫލިއްޔަތު އެހެން ފަރާތަކާ ހަވާލުކުރިކަންވެސް ފުލުހުން އެދުވަހު ހާމަކުރިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!