ޚަބަރު
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް، ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔ ބިން ޒަޔެދް އަލް ނަހްޔާންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދިޔަ އާދީއްތަ ދުވަހު ފެށުނު މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޔޫއޭއީގެ އިސްފަރާތްތަކާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތައް ކުރައްވާފައިވެއެވެ. އެގޮތުން، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ ޝެއިޙް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޔޫއޭއީން ފޯރުކޮށްދޭ އެހީތެރިކަމަށް ޚާރިޖީ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ޔޫއޭއީގެ އެކި ދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ފަތުރުވެރިކަމާއި މަސްވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި ދަތުރުފަތުރާއި އުމްރާނީ ތަރައްގީގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ޔޫއޭއީގެ އިންވެސްޓަރުންނާވެސް ޚާރިޖީ ވަޒީރު ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!