ޚަބަރު
މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ، މެޑަމް ސާޖިދާ ޝަރަފުވެރި ކޮށްދެއްވައިފި

މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޙަފްލާ ބާއްވާފައިވަނީ ވިލާ ކޮލެޖްގެ ކިއު އައި ކެމްޕަހުގައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، މުޖްތަމަޢުގައި ވަރަށް މުހިންމު ދައުރެއް އެން.ޖީ.އޯތައް އަދާކުރާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް ވާސިލުކޮށް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އެން.ޖީ.އޯތަކަށްކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އެން.ޖީ.އޯތަކާ ގުޅިގެން މަސައްކަތް ކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

އެ ކަމަނާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މުޖްތަމަޢުގެ ތެރެއިން ފެންނަ ނޭދެވޭ ކަންތައްތައް ހުއްޓުވައި، އެންމެންގެ ލާބައަށް މަސައްކަތް ކުރުމުގައި އެން.ޖީ.އޯތަކުން އަދާކުރާ ދައުރަށް ވަނީ ބައްލަވައިލައްވައިފައެވެ. މި މޭރުމުން އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކާއިރު، ޢަމަލީ ގޮތުން މިކަން ހާޞިލްކުރެވޭނީ މިފަދަ އެން.ޖީ.އޯތަކަށް މުޖްތަމަޢުގައި ދެވޭ މަގާމާއި ހަައިސިއްޔަތު ވަރުގަދަ ކޮށްގެންކަމުގައި ވިދާޅުވިއެވެ.

މި ޙަފްލާގައި، މަމްސް އެއިޑު އުފެދި، މި ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭ ޖަމިއްޔާއިން ކުރި މުހިންމު މަސައްކަތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މަމްސް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގުވަޒަންކުރިއެވެ.

2025 ވަނަ އަހަރުގެ މުހިންމު ޙަރަކާތެއްގެ ގޮތުގައި، “ފަންޑް ރެއިޒަރ ފޮރ ހޯޕް ފޮރ މަމްސް ކެމްޕެއިން”ވެސް މި ޙަފްލާގަައި އިފްތިތާޙު ކުރިއެވެ. އަދި މަމްސް އެއިޑުން މިއަހަރަށް ކަނޑައެޅި “2025 އިމްޕެކްޓަރ ޕާޓްނަރުން”ވެސް އިޢުލާނު ކުރިއެވެ.

މަމްސް އެއިޑަށް ކޮށްދިން ޚިދުމަތް ފާހަގަކޮށް، އެ ޖަމްޢިއްޔާގެ 5 މެންބަރަކަށް މި ޙަފްލާގަައި ދިން ހަނދާނީ ފިލާ އެ ފަރާތްތަކާ ޙަވާލުކޮށް ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!