ޚަބަރު
އިސްރޭލުގެ ހަމަލާތަކަށް ތާޢިދުކުރާ ޕިއްޒާ ހަޓާއި ކޭއެފްސީގެ މާލޭގެ އައުޓްލެޓްތައް ބަންދު!

އިސްރޭލުގެ ހަމަލާތަކަށް ތާޢިދުކުރާ ޕިއްޒާ ހަޓާއި ކޭއެފްސީގެ މާލޭގެ އައުޓްލެޓްތައް ބަންދުކޮށްފިއެވެ. މިތަންތަން ބަންދުކުރީ މިދިޔަ ހަފްތާތެރޭގައެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް މާލޭގައި އެންމެ ފުރަތަމަ ހުޅުވީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެ ދެ އައުޓްލެޓް ވަނީ ހުޅުމާލޭގައި ވެސް ހުޅުވައިފައެވެ.

ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމުން ހުޅުމާލޭގައި ހުރި ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޑް ނިމިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު ވަނީ ބަންދުކޮށްފައެވެ.

މާލޭގެ ކޭއެފްސީ އާއި ޕިއްޒާ ހަޓް ބަންދު ކުރިއިރު، އެތަނުގެ ބައެއް ސާމާނުތައް ވިއްކާލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެނގިފައިވެ އެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ދެކޮޅު ހަދައި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް މުޅި ދުނިޔޭގައި ފެށި ކެމްޕެއިނުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް ވެސް ބޮއިކޮޓްކުރަން ފެށި އެވެ. އެކަމަކު ކޭއެފްސީން ވަނީ އެ ކުންފުނިން އިޒްރޭލަށް ތާއީދު ނުކުރާ ކަމަށާއި އެއީ ސިޔާސީ ކަމަކާ ގުޅުމެއް ނެތް ވިޔަފާރިއެއް ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި ވެސް މި ކެމްޕެއިން ކުރިއަށް ގެންގޮސް އެ ތަންތަނުގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އަދި މާލޭގައި ހުންނަ މި ތަންތަނުގެ އައުޓްލެޓްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ވެސް ދީފައިވެ އެވެ.

މުސްލިމުންގެ އާބާދީ ބޮޑު އިންޑޮނީޝިއާ އާއި މެލޭޝިއާގައި ވެސް މި ބޮއިކޮޓް ކެމްޕެއިނާ އެކު ކޭއެފްސީގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކޭއެފްސީގެ އިންޑޮނީޝިއާ އައުޓްލެޓަށް ވަނީ 35 މިލިއަން ޑޮލަރުގެ ގެއްލުންވެފަ އެވެ. އަދި އެ ގައުމުގައި މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ކޭއެފްސީގެ 47 އައުޓްލެޓެއް ބަންދު ކޮށްފައިވާ ކަމަށްވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!