ޚަބަރު
ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ޓެކްސްއާއި ބިމު ކުލީގެ އަގުތަކުން ލުއި ދިނުމަށް މަސައްކަތް ކުރަނީ
ފަތުރުވެރިކަން ނެތް ހިސާބުތަކަށް ފަތުރުވެރިކަން ގެންދިއުމަށްޓަކައި ޓެކްސްއާއި ބިމު ކުލީގެ އަގުތަކުން އެ ސަރަހައްދުތަކަށް ލުއި ދިނުމަށް ޤާނޫނާއި ގަވާއިދުތަކަށް އިސްލާހުތަކެއް ގެނައުމަށް ހުށައެޅުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖޭގެ ދުރު ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ ފައިދާއާ ނުބައްދަލު އިންވެސްޓްމަންޓްތަކެއް އެ ސަރަހައްދުތަކަށް ކުރަންޖެހުން ކަމަށެވެ. މިހާރު ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައިވާ ގޮތުން، ޑިމާންޑް ބޮޑު ސަރަހައްދުތަކާއި ކުޑަ ސަރަހައްދުތަކުން ކުރާ އިންވެސްޓްމަންޓްތަކާއި ދައްކަންޖެހޭ ޓެކްސްގެ އަދަދުތައް ހުންނަނީ އެއްހަމައެއްގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ފަތުރުވެރިކަން ނެތް ހިސާބުތަކަށްވެސް އިންވެސްޓްމަންޓްތައް ގެންދިއުމަށް، އެ ހިސާބުގެ ފެސިލިޓީތަކުން ނަގާ ޓެކުހާއި ދައްކާ ރެންޓްތަކަށް ލުއިދިނުމަށް އުސޫލުތައް މިދަނީ ހަދަމުން. އޭގެ ޕޭޕަރުތައް ނިންމާ ވަރަށް އަވަހަށް ކެބިނެޓަށް ހުށައަޅާނަން،” ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުތައް އެ ސަރަހައްދުތަކަށް ފެށުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރުގެ އިންވެސްޓްމަންޓް ފޯރަމްތަކުގައިވެސް އެ ސަރަހައްދުތަކަށް އަމާޒުކޮށް އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ މތްތަކުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް، އިޤްތިޞާދީ ފައިދާ ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!