ޚަބަރު
ހާލު ކިހިނެއް؟ ޕްރޮގްރާމް، ކުޅުދުއްފުށި ސިޓީގައި ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ފެށި “ހާލު ކިހެނެއް؟” ޕްރޮގްރާމް، މިއަދު ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

ރާއްޖޭގެ އުތުރުން އެންމެ އާބާދީ ބޮޑު ކުޅުދުއްފުށި ސިޓީގައި މި ޕްރޮގްރާމް ފަށާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން، އެ ވުޒާރާގެ ޓީމުތަކުން ވަނީ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކޮށް ކައުންސިލާ ބައްދަލުކޮށް، މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގެ ގެތަކަށް ޒިޔާރަތްކުރުމާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ވުޒާރާގެ ޓީމުތަކުން ވަނީ ކުޅުދުއްފުށީގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ “ހާލު ކިހިނެތް؟” ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެ ސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ކަމަށެވެ.

“ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި، ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް މިހާތަނަށް މާލޭ ސިޓީގެ އިތުރުން، ގިނަ އަތޮޅުތަކުގެ ރަށްތަކާއި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.ޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުން ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާ ގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު އެ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އަދި މިފަދަ މުހިންމު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގައި، މުޖުތަމަޢުގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އާންމުންނަށް ގޮވާލާފައެވެ.

“ހާލު ކިހެނެއް؟” ޕްރޮގްރާމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!