ޚަބަރު
އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރާއެކު ގުޅިގެން ބައިނަލްއަޤުވާމީ މައިދާނުގައި މަސައްކަތްކުރަން ބޭނުން: ރައީސް

އެމެރިކާގެ 45 ވަނަ ރައީސްކަމާ އަލުން ހަވާލުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމެރިކާގެ ރައީސް ޓްރަމްޕް ހުވާކުރެއްވުމާ ގުޅިގެން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް ޑރ މުޢިއްޒު ފޮނުއްވި މެސެޖުގައި، އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަކައި، އެމެރިކާއާއި ރާއްޖޭގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ރައީސް ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަމުގައިވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް އެމެރިކާއިން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ތަހުނިޔާގެ މެސެޖު ނިންމަވާލައްވަމުން، ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ރައީސް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ “އެެކްސް” އެކައުންޓުން ޕޯސްޓެއްވެސް ކުރައްވާފައެވެ.

ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ ރައީސްކަން ކުރިން ކުރައްވާފައިވާ ބޭފުޅެއްކަމެވެ. އެގޮތުން 2017 އިން 2021 އަށް އެ ޤައުމުގެ ވެރިކަން ރައީސް ޓްރަމްޕް ވަނީ ކުރައްވާފައެވެ. މިހާރު އަލުން ރައީސްކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހިރާއްޖެއިން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!