ޚަބަރު
އެސްޓީއޯ ތިނަދޫ ފިހާރައިގައި މި ހޮނިހިރު ދުވަހު ނީލަމެއް ބާއްވަނީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތިނަދޫ ފިހާރައިގައި މާދަން ނޫން އަނެއްދުވަހު، މިމަހުގެ 25 ވާ ހޮނިހިރު ދުވަހު ނީލަމެއް ބާއްވަން ނިންމައިފިއެވެ.

މިކަން އަންގައި އެސްޓީއޯ އިން ވަނީ އެސްޓީއޯގެ ތިނަދޫ އައުޓްލެޓުގައި ހުރި ބައެއް މުދާ އެކި ސަބަބުތަކާ ހުރެ ހަލާކުވެފައިވާތީ، އެ ތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖައްސާފައިވާ ކަން އިޢުލާން ކޮށްފައެވެ.

މި ނީލަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 25 ޖަނަވަރީ 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގައި އެސްޓީއޯ ތިނަދޫ ފިހާރައިގައެވެ. ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވަނީ އެކިސަބަބުތަކާހުރެ ޑެމޭޖު ހުރުމުން (ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުރުމުން) ހަމައަގުގައި ނުވިކި ހުރި ބައެއް މުދާތަކެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ތިނަދޫ ފިހާރައިގައިނީލަން ބޭއްވުމާ ގުޅޭ އިއުލާން

އެސްޓީއޯއިން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ނީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، އެސްޓީއޯ ތިނަދޫ ފިހާރައަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަމުގައި ބައިވެރިވެވޭނެ ކަމަށް ބުނެފައެވެ.

އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3012677 ނަންބަރާ ގުޅުއްވުމަށްވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.

ނުވަތަ  އެސްޓީއޯގެ މި އީމެއިލަށް  މެއިލްކޮށް މައުލޫމާތު އޮޅުންފިލުވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!