ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ގދ. ތިނަދޫ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މައްސަލައާ ގުޅިގެން ހޯދަމުންދަނީ ދެނޫން / ގދ. ތިނަދޫ ނޫރުﷲ ނިޔާޒް ރަޝީދު (26 އަހަރު) އެވެ.
މިއީ އައްޑޫ ސިޓީ ގަން ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
ފުލުހުން ބުނިގޮތުގައި، އެމީހާ ހޯދަމުންދަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
އަދި 2025 ފެބްރުވަރީ 1 ވަނަ ދުވަހުގެ 10:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް އައްޑޫ ސިޓީ ގަން ޕޮލިހަށް ހާޒިރުވުމަށް ވެސް އަންގާފައިވެއެވެ.