ހިރިޔާ ސްކޫލްގައި ބޭއްވުނު ފުޓްސަލް މެޗެއްގައި ބައިވެރިވި އެ ސްކޫލްގެ ބެލެނިވެރިއަކު ނިޔާވެއްޖެއެވެ.
ތަޢުލީމީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި އެ ސުކޫލުގެ ޕީޓީއޭއިން އިންތިޒާމްކޮށްގެން ބޭއްވި ފުޓްސަލް މެޗެއް ގައި ކުޅުނު އެސުކޫލުގެ ބެލެނިވެރިޔަކު ނިޔާވެފައިވާ ކަމަށެވެ، ނިޔާވި ބެލެނިވެރިޔާއަކީ (ދަފްތަރު ނަންބަރު: ރސ 12602/މާލެ) އެވެ. އޭނާއަކީ ހިރިޔާ ސްކޫލްގެ 10 ވަނަމެޗަކަށްފަހު ގްރޭޑުގެ ދަރިވަރެއްގެ ބެލެނިވެރިއެކެވެ.
ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ބޭއްވި މި ފުޓްސަލް މެޗު ނިމުމަށްފަހު، އަހުމަދު ޝަރީފް ދަނޑުމަތީގައި އޮށޯވެފައި އޮއްވައި ފެނުމުން، އޭނާއަށް ވީ ގޮތެއް ބެލުމަށް މަސައްކަތްކުރި ކަމަށް ތަޢުލީމީ ވުޒާރާއިން ބުންޏެވެ. އޭނާއަށް ދިމާވެފައިވަނީ ޞިއްޙީ މައްސަލައެއްކަން އެނގުމާއެކު، ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް، އަހުމަދު ޝަރީފް ވަނީ ނިޔާވެފައި ކަމަށްވެސް ބުނެފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ތަޢުލީމީ ވުޒާރާއިން ވަނީ މަރުހޫމްގެ ޢާއިލާއަށާއި ސްކޫލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. އަދި މަރުހޫމްގެ ޢާއިލާއަށް ތަޢުޒިޔާވެސް ދަންނަވާފައިވެއެވެ.