ޚަބަރު
އިހަވަންދޫގައި އަލަށް ގާއިމު ކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހިމެނޭ، ފިޝަރީޒް ކޮމްޕްލެސްގެ ބިންގާ އަޅައިފި

ހއ. އިހަވަންދޫގައި އަލަށް ގާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

އިހަވަންދޫގައި މި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ކޮމްޕްލެކްސްއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް އެޅިގެންދިއުމަކީ އިހަވަންދޫއާއި އެ ރަށާއި ކައިރި ރަށްރަށުގެ މަސްވެރިންގެ ބޮޑު އުންމީދެއް ޙާސިލުވުމުގެ ފެށުން ކަމަށެވެ. އަދި މި ކޮމްޕްލެކްސްއާއެކު އެކި ގޮތްގޮތުން މަސްވެރިންނަށް ލުއިތައް ލިބޭނެކަމަށާއި، އިހަވަންދޫގެ އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ދިގު ދަތުރެއް މަސްވެރިން ކުރަންޖެހެނީ ފެލިވަރަށް މަސް ކިރުމަށްޓަކައި. އެތައް ތެލެއް އަންދާ. އެހެންކަމުން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއާއެކު އެ ސަރަހައްދުގައި މަސްވެރިން ތެލަަށްކުރާ ޚަރަދު ބޮޑު ތަނުން ކުޑަ ކުރެވޭނެ. އަދި އިހަވަންދޫގައި ގިނަ ވަޒީފާތަކެއްވެސް އުފެދޭނެ.” ވަޒީރު ޝިޔާމް

އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިއެސްޑީބީގެ މާލީ އެހީތެރިކަމާއެކުއެވެ.

މި ކޮމްޕްލެކްސްގައި ޒަމާނީ ވަސީލަތްތަކެއް ޤާއިމުކުރެވިފައިވާއިރު، މީގެ ތެރޭގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ހިމެނެއެވެ. މީގެ އިތުރުން އޮފީސް އިމާރާތަކާއި، އިންޖީނުގެއަކާއި އަދި ވެހިކަލް ވަރކްޝޮޕްގެ އިތުރުން ގުދަނެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމުކުރެވިފައިވެއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު މަސްކިރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ކޮމްޕްލެކްސްގައި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް ހަދާފައިވެއެވެ. އަދި ތިން ތަނަކުން މަސްކިރޭ ޖެޓީއެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމު ކުރެވިފައިވެއެވެ.

މި މަޝްރޫޢުގެ ސަބަބުން އުތުރުގެ ރަށްތަކުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި ކޮމްޕްލެކްސްގެ ސަބަބުން 150 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ.

މިފްކޯގެ އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ، ތަނުގެ މަސައްކަތް ފެށުމާއެކު އެއްވެސް ހުއްޓުމެއް، މެދުކެނޑުމެއް ނެތި، ހަލުވި ސްޕީޑުގައި، ނުހަނު ފުރިހަމަކޮށް ނިންމާލާފައިވާ ޕްރޮޖެކްޓެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!