ޚަބަރު
އަލިފާނުގެ ހާދިސާ ހިނގި ވީނަސްގޭގެ 3 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

މާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، މ. ވީނަސްގައި ދިރިއުޅެމުން އައި ޢާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅެމުން އައި 3 މީހުންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، އެ ޢާއިލާއަށް ބޭނުންވާ އެހެނިހެން އިންސާނީ އެހީތެރިކަންވެސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

މ. ވީނަސްގޭގެ 7 ވަނަ ފަންގިފިލާގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ މެންދުރު 13:38 ހާއިރުގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އޮފިޝަލުން ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

އެންޑީއެމްއޭ އިން ބުނި ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓްގެ ބަދިގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ސިޓިންގ ރޫމަށްވެސް ދުމުގެ އަސަރު ބޮޑަށް ކޮށްފައިވާތީ، އެ ތަން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!