ޚަބަރު
ގިރިންދާ އެންޖީއޯގެ މަސްތުން ސާފު ޕްރޮގްރާމް; ތިނަދޫ ސިޓީގެ 2 ވަނަ އައުޓްރީޗް ފަށައިފި

ގިރިންދާ އެންޖީއޯއިން ތިނަދޫ ސިޓީގައި ކުރިއަށްގެންދާ “މަސްތުން ސާފު” ޕްރޮގްރާމްގެ ދަށުން 2 ވަނަ އައުޓްރީޗް ޕްރޮގްރާމް ފަށައިފިއެވެ. މި ހަރަކާތް ފަށާފައިވަނީ 1 ފެބްރުވަރީ 2025 ގަައެވެ. އަދި 8 ފެބްރުވަރީ 2025 އަށް މި ހަރަކާތް ކުރިއަށްދާނެއެވެ.

މި އައުޓްރީޗް ޕްރޮގްރާމަކީ ތިނަދޫ ޑިޓޮކްސް ސެންޓަރާއި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 64 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ޒިޔާރަތްކޮށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ތިނަދޫގައި ކުރިއަށް ގެންދެވޭ ގިރިންދާގެ 2 ވަނަ އައުޓްރީޗް ޕްރޮގްރާމެވެ. މީގެ ކުރިން 2024 ވަނަ އަހަރު ތިނަދޫގައި އައުޓްރީޗް ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ތިނަދޫސިޓީގައި ގިރިންދާގެ ފުރަތަމަ އައުޓްރީޗް ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 1 ޖެނުއަރީ 2024 އިން 14 ޖެނުއަރީ 2024 އަށެވެ.

މިއީ ގއ. އަދި ގދ. އަތޮޅުގައި ގިރިންދާއިން ކުރިއަށްގެންދާ 11 ވަނަ އައުޓްރީޗް ޕްރޮގްރާމެވެ.

ގިރިންދާ ޖަމްޢިއްޔާގެ މަޤްސަދަކީ މަސްތުވާތަކެތީގެ ބަލީގައި އުޅޭ ކުދިންނާއި މީހުންނަށް އެހީތެރިވުމާއި އެފަދަ ފަރާތްތައް ރަނގަޅު ގޮތުގައި މުޖުތަމަޢުއަށް ނެރެ ސަލާމަތްވެ ތިބުމަށް ފޯރު ކޮށްދެވޭނެ ހުނަރާއި މަޢުލޫމާތު ދީ ހޭލުންތެރިކަން އިތުރު ކޮށްދިނުނުމެވެ. މި ޖަމްޢިއްޔާ ހޯމް މިނިސްޓްރީގައި ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވަނީ 23 ފެބްރުވަރީ 2023 ގައެވެ.

“ގިރިންދާ” މި ބަހަކީ ކުރީ ޒަމާނުގައި ތިނަދޫ ގައި ބޭނުން ކުރާ ބަހެކެވެ. މާނަޔަކީ ކަންކަމުގައި ގަދައަޅައި މަސައްކަތް ކުރުމެވެ.

ގިރިންދާ ނަމުގައި ޖަމްޢިއްޔާ ރަޖިސްޓަރީ ކުރުމުގެ ކުރިން ވެސް މި ޖަމްޢިއްޔާ ގެ އިސް ފަރާތްތަކުން ވަނީ ކޮމިއުނިޓީ ސަޕޯޓް ގުރޫޕެއްގެ ގެ ގޮތުގައި ތިނަދޫ ގައި ހަރަކާތްތެރިވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!