ޚަބަރު
ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ހިޔާތަކެއް މިއަހަރު ތެރޭގައި ޤާއިމްކުރަން ފަށާނެ!

ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ހިޔާތަކެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މި ހިޔާތައް ޤާއިމްކުރެވޭނީ ރާއްޖޭގެ ތިން ސަރަހައްދެއްގައެވެ. އެއީ ހުޅުމާލެ، އައްޑޫ ސިޓީގެ ހިތަދޫ އަދި ރ. އުނގޫފާރެވެ.

ސޯޝަލް މިނިސްޓްރީގެ މީޑިއާ އޮފިސަރު “ވޮއިސް” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހިޔާތަކުން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެކި ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ފެށިގެންދާނީ މިއަހަރުގެ ތެރޭގައި އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ހިޔާ ޤާއިމްޔާ ޤާއިމްކުރުމަށް ކޮންޓްރެކްޓަރަކު ހޯދުމަށް މި ފެބްރުއަރީ މަހުގެ ތެރޭގައި އިޢުލާނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މަސައްކަތް މުޅިން ނިމި އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދެވެން ފަށާނެ ކަމަށްވެސް ލަފާކުރެއެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ “ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް” މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މިއީ ސަރުކާރުގެ މެނިފެސްޓޯ 2023-2028 ގައި ގެވެށި އަނިޔާ ހުއްޓުވުމާއި، އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.

ތިން ސަރަހައްދުގައި ތަފާތު ތިން ކޮންސެޕްޓަކަށް ހިޔާތައް ހިންގުމަށް ވަނީ ރޭވިފައެވެ. ހުޅުމާލޭގައި ޤާއިމްކުރެވޭ ހިޔާ ޚާއްސަކުރެވިފައިވަނީ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމްކުރެވޭ ހިޔާގައި އަންހެނުންނަށް އިޤްތިޞާދީ ބާރުވެރިކަން ހޯދައިދިނުމަށް އެކި ކަންކަން ކުރުމަށް ވަނީ ރޭވިފައެވެ. އަދި ރ. އުނގޫފާރުގައި ޤާއިމްކުރެވޭ ހިޔާގައި އަންހެނުންނާއި އަންހެންކުދިން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވޭނެއެވެ.

މީގެ ދެ ދުވަސް ކުރިން ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުޢިއްޒު އިބްރާހީމް ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑޮމެސްޓިކް ވައަލެންސް ޝެލްޓަރތަކެއް ޤާއިމްކުރުމަށް ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން ފުރަތަމަ ޝެލްޓަރގެ މަސައްކަތް އައްޑޫ ސިޓީގައި ފެށުމަށް މި ފެބްރުވަރީ މަހުގެ ތެރޭގައި އިޢުލާނުކުރެވި، 1 އަހަރު ދުވަހުގެ ތެރޭގައި ނިންމައި ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަން ރައީސް ހާމަކުރެއްވިއެވެ.

މީގެ އިތުރުން، ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް 500 ޒުވާނުންނަށް އަމާޒުކޮށްގެން މި އަހަރުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވޭ ހިޔާތަކުގައި އެކި ބާވަތުގެ ޚިދުމަތްތައް ފޯރުކޮށްދެވޭނެއެވެ. އެގޮތުން ހުޅުމާލޭގައި ޤާއިމްކުރެވޭ ހިޔާއިން ނަފްސާނީ ފަރުވާއާއި ކައުންސެލިންގ ދިނުމާއި، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމްކުރެވޭ ހިޔާގައި އެއްފަހަރާ 44 މީހުން ބޭތިއްބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!