ޚަބަރު
މިމަހު 20 ގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދެނީ

ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ވަނީ އަންގާފައެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ވުޒާރާއިން މިއަދު ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުންނެވެ.

ރަމަޟާން މަސް ފެށޭއިރު “ޕޭ ލީވް” އަދި “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދިނުމަށް އަންގާފައިވާއިރު، މިފަދަ ލީވްއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭ އަދަދަށް އިނާޔަތުގެ ފައިސާ ދޭންޖެހޭނެއެވެ.

2025 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 1 މާރިޗު 2025 ކަމަށްވާއިރު، ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތް ރޯދަ މަސް ފެށުމުގެ ކުރިން ދޭންޖެހެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުސްލިމު މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދިނުމަކީ ވަޒީފާދޭ ފަރާތަށް އިހުތިޔާރު ލިބިގެންވާ ކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ބިދޭސީ މުސްލިމް މުވައްޒަފުންނަށް އިނާޔަތް ދޭންޖެހެނީ ދިވެހި މުވައްޒަފުންނާ އެއް އުސޫލަކުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!