މީހުން
ހަމީދުގެ އެދޭ ލޯބި ޔާރާ އިން ހިތް އެދޭތީ އަށް! ދުރަކަށް ނޫން، ހުވަދޫމީޑިއާ އިން ދިވެހިފޮތް އެޕަށް!

މުނިފޫހިފިލުވައިދީ ހިތްހަމަޖައްސައި އެކަނިވެރިވަގުތުތައް އުފާވެރިކޮށްލުމަށް ވާހަކަ ކިޔުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު އާދައެކެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވާހަކަ ކިޔުންތެރިން ގިނައެވެ. އަދި ޒަމާނާއެކު ބަދަލުވެ ކުރިއަރަމުން އަންނަ ތަހުޒީބު އަދި ޓެކްނޮލޮޖީގައި ތަރައްގީވެފައިވުމާއެކުވެސް ވާހަކަ ކިޔުމަކަށް ބަދަލެއް ނާދެއެވެ. ކިޔުންތެރިންނަށް މި އުފާވެރިކަން ހޯދައިދޭ ބަޔަކީ ވާހަކަ ލިޔާ މީހުންނެވެ. ލިޔުންތެރިންނެވެ.

ލިޔުންތެރިން، އެމީހުންގެ ގަލަމުގެ ތުނޑުން ކުރަހާލަދޭ ހަޔާތެއްގެ ތަސްވީރު ކުލަ ފިލްމްގެ މަންޒަރުތަކަކަށް ބަދަލުކޮށްލަދެނީ ލިޔުންތެރިޔާގެ ހުނަރުވެރިކަމުން ގެނެސްދޭ އިބާރާތްތަކާއި ހާދިސާތަކުގެ ފުރިހަމަކަމުންނެވެ. އަދި މިފަހަކަށް އައިސް އޮންލައިން މީޑިއާތަކުންނާއި ވާހަކަ ސައިޓުތަކުގެ އިތުރުން ދާދި ފަހަކުން ތައާރަފު ކުރި ޖަވާބު އެކަޑާމީގެ “ދިވެހި ފޮތް” އެޕްލިކޭޝަނަކީ ދިވެހި ވާހަކަ ލިޔުންތެރިންނަށް ލިބިގެންގޮސްފައިވާ ޒަމާނީ ހެޔޮ ކުރިއެރުމެކެވެ.

މިނިމުނު 2024 ވަނަ އަހަރު ފަހުކޮޅު، ހުވަދޫމީޑިއާގެ ސައިޓުންނާއި ޕޭޖުން ފެންނަން ފެށި “އެދޭ ލޯބި ޔާރާ…” މިވާހަކައަކީ ގިނަ ބަައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ވާހަކައެކެވެ. ކޮންމެ އެޕިސޯޑަކަށް ވެސް އިންތިޒާރުކުރާ އެތައް ސަތޭކަ ބަޔަކު އުޅެއެވެ. ގަވާއިދުން ވާހަކަ އަޕްލޯޑް ވުމާއެކު ވާހަކަ ކިޔަން ވަންނަ ދެހާސް ތިންހާސް ކިޔުންތެރިންނަށް މި ވާހަކަ ލިޔުންތެރިޔާގެ މައުލޫމާތު ކޮޅެއް ގެނެސްދެވޭތޯ މަސައްކަތް ކޮށްލީމެވެ.

އެދޭ ލޯބި ޔާރާ، މިވާހަކަ ލިޔަމުން އަންނަ ޒުވާން ފަންނުވެރި ލިޔުންތެރިޔާ ބ ހިތާދޫ އަބްދުލްޙަމީދު ހުވަދޫމީޑިއާއަށް ބުނީ މިވާހަކައަކީ އޭނާގެ ވާހަކަލިޔުމުގެ ހަޔާތުގެ ހާއްސަ ބައެއް ކަމުގައެވެ. މިހާތަނަށް ލިޔެވުނު ހުރިހާ ވާހަކަތަކެއްގެ ތެރެއިން އޭނާއަށް އެންމެ ހިތްހަމަޖެހޭ ގޮތަސް ލިޔެވިފައިވާ ވާހަކަ އަކީ “އެދޭ ލޯބި ޔާރާ” ކަމަށެެވެ. ހަމައެކަނި ހަމީދަކަށް ނޫނެވެ. ކިޔުންތެރިންނަށްވެސް މިވާހަކަ ހާއްސައެވެ.

“ވަރަށް ރީތި، ވެދާނެ ދެން ޑައިލޮގް ގެނެސްދީފަ ހުންނަ ގޮތުން ކަމަށްވެސް، ވަރަށް ރިއަލް ހަމަ،” ގަވާއިދުން ވާހަކަ ކިޔާ ޒުވާނަކު ބުންޏެވެ.

“ހަމީދުގެ ވާހަކަތައް ހަމަ ސަޅީ، މިހާރު ދިވެހިފޮތް އެޕުން ލިބެން އެބަހުރި “ހިތް އެދޭތީ.” ކިޔާ ވާހަކައެއް، ހަމަ އަސްލަށްވެސް ކިޔަން ފެށިގޮތަށް ނިންމާނުލައި ލޮލުފިޔަ ވެސް ނުޖެހުނު،”

ހަމައެންމެ 145 ރުފިޔާއަށް ލިބެން ހުރި، “ހިތް އެދޭތީ” ވާހަކަ އަކީ މިހާރު ދިވެހިފޮތް އެޕްލިކޭޝަނުން ލިބެން ހުރި އަބްދުލް ހަމީދުގެ ވާހަކައެކެވެ. ހަމީދުގެ ބުނީ އެވާހަކަ ނޫން އެހެން ވާހަކައެއް ދިވެހިފޮތް އެޕުގައި ނުހުންނާނެ ކަމަށެވެ. މިހާތަނަށް ފާސްކޮށް ރަޖިސްޓަރ ކޮށްފައިވާ ވާހަކައަކީ ހިތް އެެދޭތީ ވާހަކަ ކަމަށާއި އެހެން ވާހަކައެއް އަދި ޗާޕުކޮށް ނެރެފައި ނުވާނެކަމަށް ހަމީދު ބުންޏެވެ.

“ވާހަކަ ލިޔަން ފެށީ މީގެ 5 އަހަރު ވަރު ކުރިން ރަށުގައި ހިންގާ ނޫހަކަށް. މިހާތަނަށް ދިގު ތިން ވާހަކަ އާއި ކުރު 10 ވާހަަކަ ލިޔެފައި ވާނެ، މިދިޔަ އަހަރު “ދުވަސް” އަދި “އަދިވެސް” އަށް ވެސް ވާހަކަ ލިޔެފަ ވާނެ.”  ހަމީދުގެ ޝުކުރު އޮތީ ކިޔުންތެރިންނަށާއި ކިޔުންތެރިންގެ ފާޑުކިޔުމަށެވެ. އެހެނިހެން ކާމިޔާބު އަދި ކުރިއަރަމުންދާ ވާހަކަލިޔުންތެރިންނެކޭ އެއްފަދައިން ހަމީދުގެ ބަހަކީވެސް، ކިޔުންތެރިންގެ ފާޑުކިޔުމަކީ ލިޔުންތެރިންގެ ކުރިއެރުމުގެ ބައެއް ކަމަށެވެ.

“ކިޔުންތެރިންގެ ފާޑުކިޔުމަކީ ލިޔުންތެރިންގެ ލިޔުންތައް ތަރައްގީވުމުގެ އަސްލު، ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެއް،” އަބްދުލްޙަމީދު، ވާހަކަލިޔުންތެރިއެއް

ބ.ހިތާދޫ ޞިއްހީމަރުކަޒުގެ އެކައުންޓް އޮފިސަރ ގެ މަގާމުގައި ވަޒީފާ އަދާކުރަމުންދާ ހަމީދުގެ އުއްމީދަކީ ވާހަކައިގެ ހާޑުކޮޕީ، ފޮތް ޗާޕު ކޮށްގެން ކައިރި މުސްތަގުބަލެއްގައި ނެރުން ކަމަށެވެ. ހުވަދޫމީޑިއާ އިން އެދެނީ ހަމީދުގެ މިއުއްމީދު ވީހާވެސް ކައިރި އަވަސް މުސްތަގުބަލެއްގައި ފުރިހަމަވެގެން ދިއުމެވެ،

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!