ޚަބަރު
އިންޑިއާގެ ރައީސަށް ރާއްޖޭގެ އާ ސަފީރުގެ ފަތްކޮޅު އަރުވައިފި

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅި އާ ސަފީރު، އާއިޝަތު އަޒީމާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައި މިއަދު މެންދުރުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވުނު ބައްދަލުވުމުގައި އަޒީމާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އިންޑިއާގެ ރައީސާއި ރައްޔިތުންނަށް ރައްދުކޮށްދެއްވައިފައެވެ. އަދި ރާއްޖޭގެ ކުރިއެރުމަށް އިންޑިއާއިން ދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވައިފައިވެއެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

އާ ސަފީރު އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ހާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ކެރިއަރ ޑިޕްލޮމެޓެކެވެ. އޭނާ ވަނީ 2019 އިން 2023 އަށް ޗައިނާގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގެ މަގާމު އަދާކުރައްވާފައެވެ. އިންޑިއާގެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ހާރިޖީ ވުޒާރާގެ އިންޑިއާ ޑިވިޝަންގެ ހެޑްގެ ގޮތުގައި އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައެވެ.

މި އަހަރަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!