ޚަބަރު
ދިވެހި އަންހެނެއްގެ 3 ފިރިން ތިބި މައްސަލައެއް، ފެމިލީ ކޯޓުގައި

ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ކޯޓުގައި އޮތްކަން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރ އަހްމަދު މައުސޫމް މިއަދު ހާމަކުރައްވައިފިއެވެ. މި މައްސަލަ ހާމަވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

މައުސޫމް ވިދާޅުވި ގޮތުގައި މި މައްސަލަ ދިމާވެފައިވަނީ އެ އަންހެން މީހާ ރާއްޖެއިން ބޭރުގައި ކުރި ކައިވެނިތައް ފެމެލީ ކޯޓުގައި ރަޖިސްޓްރީ ނުކުރުމުގެ ސަބަބުންނެވެ. “އަޅުގަނޑުމެން ވަރަށް ހިތާމަކުރަންޖެހޭ ހާލަތްތަކެއް އެބަހުރި. އެއް އަންހެނަކު ތިން ފިރިން ހުރި މައްސަލައެއް. އެއް އަންހެނެއް ތިން ފިރިން އެބަތިބި. މި ކަހަލަ އިޝޫސް ދިމާވުމަކީ އެކަށީގެންވާ ކަމެއް،” މައުސޫމް ވިދާޅުވިއެވެ.

މި މައްސަލަ ދިމާވެފައިވަނީ އެ އަންހެން މީހާ ފުރަތަމަ ކުރި ކައިވެނި ރަޖިސްޓްރީ ނުކޮށް، އިތުރު ދެ ކައިވެންޏެއް ރާއްޖެއިން ބޭރުގައި ކުރުމުން ކަމަށް މައުސޫމް ވިދާޅުވިއެވެ. މިއީ ނަސަބު އޮޅިގެން ހިނގައިދާނެ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހާމަވެފައިވަނީ ދެމަފިރިން ވަރިވުމަށްފަހު ދަރިންގެ ޚަރަދަށް ދޭ 2,000 ރުފިޔާ ބޮޑުކޮށްދިނުމަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގައެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ.

ފެމެލީ ކޯޓުން އަންގަވާފައިވާ ގޮތުގައި ރާއްޖެއިން ބޭރުގައި ކައިވެނި ކުރަން ބޭނުންވި ނަމަވެސް، އެކަމަށް ފެމެލީ ކޯޓުގެ ހުއްދަ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ކޯޓުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!