ފަލަސްތީނުގެ ޣައްޒާގައި އަލުން ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން އިއުލާންކޮށްފިއެވެ.
އަނިޔާވެރި އިޒްރޭލުން ޣައްޒާއަށް މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމް ފުނޑުފުނޑުވެ، ޕޯލިއޯ ފަދަ ނުރައްކާތެރި އެކި ބަލިތައް މުޅި ޣައްޒާގައި ދަނީ ފެތުރެމުންނެވެ.
“ޣައްޒާގެ މިހާރުގެ މާހައުލު ހުރިގޮތުންނާއި، ބޯހިޔާވަހިކަމުގެ ހިޔާތަކުގައި ދިރިއުޅޭ މީހުންގެ އަދަދު ގިނަވުމާއި، ފެނާއި ނަރުދަމާ އަދި ސާފުތާހިރުވާނެ ވަސީލަތްތަށް ނެތުމުގެ ސަބަބުން ޕޯލިއޯ ވައިރަސް އިތުރަށް ފެތުރުމަށް އެކަށީގެންވާކަމަށް،” ޑަބްލިއުއެޗްއޯ އިން ބުނެއެވެ.
މިއާއެކު، ޑަބްލިއުއެޗްއޯ އާއި ޔުނިސެފް ގުޅިގެން ޣައްޒާގައި ތިބި 10 އަހަރުން ދަށުގެ 591،000 އަށް ވުރެ ގިނަ ކުދިންނަށް ވެކްސިން ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި ކެމްޕެއިން ހޮނިހިރު ދުވަހު ފެށުމަށް ނިންމާފައިވާއިރު، ފަސް ދުވަހުގެ ނިޔަލަށް މި ކެމްޕެއިން ކުރިއަށް ދާނެއެވެ.
އޮކްޓޯބަރ 7، 2023 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ފެށި ގަތުލްއާންމުގައި މިހާތަނަށް ފަލަސްތީނުގެ ކު 70،000 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވާކަން ފާހަގަކޮށްލެވެއެވެ.